މަސައްކަތް
ނަންބަރު: PRC-MPL/IULAAN/2022/95
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 12:46
ސުންގަޑި: 11 އޮގަސްޓް 2022 11:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ޕޯސްޓް އޮފީހަށް ބޭނުންވާ ނަންބޯޑުތައް ހެދުމާއި އެތަކެތި ހަރުކުރުން

ބީލަމަށް ހުށަހަޅާލެވޭ ޕްރޮޖެކްޓާ ބެހޭ މަޢުލޫމާތު

"ހުޅުމާލޭގައި ހުންނަ އަމީން އެވެނިއުގެ ޓީކް ޓަވަރގެ ފުރަތަމަ ފަންގިފިލާ"ގައި ހަދަމުންދާ ޕޯސްޓް އޮފީހަށް ބޭނުންވާ ނަންބޯޑުތައް ހެދުމާއި އަދި އެތަކެތި ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މިމަސައްކަތާ ގުޅޭ މައުލޫމާތާއި ކުރެހުން އެއްކަރުދާސް ކުރެވިފައިއެވަނީއެވެ. މި މަސައްކަތައް ޝަޢުޤުވެރިވާ ފަރާތްތަކުން 11 އޮގަސްޓް 2022 ވާ ބުރާސްފަތި ދުވަހު 11:00 އަށް، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 8ވަނަ ފަންގިފިލާއަށް ދުރުވެ ބިޑް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

 

  1. އިޢުލާނާ ގުޅިގެން ހުށަހަޅާ އެސްޓިމޭޓްތަކަށް މާރކްސް ދެވޭނެގޮތް.

   މަސައްކަތުގެ އަގު:  40 ޕޮއިންޓް

   މަސައްކަތުގެ ތަޖުރިބާ:  20 ޕޮއިންޓް

   މަސައްކަތުގެ މުއްދަތު: 30 ޕޮއިންޓް

   ވޮރެންޓީ:  10 ޕޮއިންޓް

 

ނޯޓް: އަންދާސީ ހިސާބު ހުށަހަޅާއިރު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅަންވާނެއެވެ.

  1. މަސައްކަތުގެ އަގު
  2. މަސައްކަތު ތަޖުރިބާ ރެފެރެންސް ސިޓީ/ލިޔުން (މިމަސައްކަތާއި ގުޅުންހުރި މަސައްކަތުގެ މަދުވެގެން 2 ލިޔުން)
  3. ކުންފުނީގެ ޕްރޮފައިލް
  4. ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ
  5. ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ
  6. ބިޑް ހުށަހަޅުއްވަން ވަޑައިގަންނަވާނީ 11 އޮގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ޕޯސްޓް ބިލްޑިންގގެ 8 ވަނަ ފަންގިފިލާއަށެވެ.
  7. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 9556466/7779282 އަށެވެ.

 

2. ހުށަހަޅޭ ބިޑް/ޕްރޮޕޯރސަލްގައި ހިމަނަންވާ މުހިންމު މަޢުލޫމާތު

  • މަސައްކަތުގެ ތަފްސީލް
  • މަސައްކަތުގެ އަގު
  • މަސައްކަތުގެ ވޮރެންޓީ
  • ބިޑްގެ ވެލިޑިޓީ

2.1 މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ލިއެކިއުންތައް:

  • ޕްރޮޕޯސަލް
  • މިމަސައްކަތާއި ގުޅުންހުރި މަސައްކަތުގެ ރިފަރެންސް ލިއުންތައް
  • ހުށަހަޅާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ / ޕާސްޕޯޓް ކޮޕީ
  • ކުރިމަތިލާ ފަރާތަކީ ކުންފުންޏެއް ނަމަ،
  • ކޮމްޕެނީ ޕްރޮފައިލް
  • ކޮމްޕެނީ ރަޖިސްޓްރޭޝަން ކޮޕީ
  • ޓެކްސް ކްލިއަރެންސް ރިޕޯރޓް
  • ވަކި ފަރުދެއް ނަމަވެސް ޓެކްސް ދައްކަންޖެހޭ ފަރާތެއްކަމުގައިވާނަމަ ޓެކްސް ކްލިއަރެންސް ރިޕޯރޓް ހުށަހަޅަންވާނެއެވެ.

 

3. ބިޑް ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް

3.1 ވޭތުވެ ދިޔަ ފަސްއަހަރު ޖިނާޢީ ކުށެއް ސާބިތުވެފައިވާ ފަރާތަކަށް ނުވުން. (ކުންފުންޏެއްނަމަ އިސްފަރާތް)

3.2 ޕްރޮޖެކްޓް ހިންގޭފަދަ ފައިނޭންޝަލް ޤާބިލުކަން ހުރުން.

3.3 ޕްރޮޖެކްޓާ ގުޅޭ މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ ފަރާތަކަށް ވުން

 

4. ބިޑް ޑޮކިއުމެންޓާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް

4.1 ކޮމްޕެނީ ޕްރޮފައިލް އާއި ކޮމްޕެނީ ރަޖިސްޓްރޭޝަން

4.2 ޓެކްސް ކްލިއަރެންސް ރިޕޯރޓް (6 މަސް ދުވަސް ހަމަ ނުވާ)

4.3 ޢިއުލާން ކުރެވޭ ޕްރޮޖެކްޓާ ގުޅުން ހުރި މަސައްކަތްކުރުމަށް ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއް ނަމަ އެކަން އަންގައިދޭ ލިޔުން.

4.4 ބިޑްގެ ވެލިޑިޓީގެ މުއްދަތު 90 ދުވަހަށް ވުރެ ކުރުނުވުން.

4.5 ދެ ފަރާތެއް އެކުވެގެން ބިޑް ހުށަހަޅާނަމަ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން.

4.6 ބިޑް ހުށަހަޅާފަރާތުން ސޮއިކޮށްފައިވާ "ޑިކްލަރޭޝަން އޮފް އެތިކަލް ކޮންޑަކްޓް ފްރޯޑް އެންޑް ކޮރަޕްޝަން" އިޤްރާރު ފޯރމު.

 

5. ބިޑް ބާތިލުވުމާ ބެހޭ މަޢުލޫމާތު

5.1 ދޮގު މަޢުލޫމާތު ދީފައިވާ ބިޑްތައް

5.2 ޕްރޮޖެކްޓާ އެކަށީގެން ނުވާ ބޮޑު އަގުތައް ހުށަހެޅުން

5.3 ހުށަހަޅާ ޕްރޮޕޯރސަލްގެ ކޮލިޓީ ދަށްވުން

5.4 ބިޑް ހުށަހެޅުމަށް ޝަރުތު ފުރިހަމަ ނުވާ ފަރާތަކަށް ވުން

5.5 "ޑިކްލަރޭޝަން އޮފް އެތިކަލް ކޮންޑަކްޓް، ފުރޯޑް އެންޑް ކޮރަޕްޝަން" އިޤްރާރުގައި ސޮއިކުރުމަށް ދެކޮޅު ހެދުން

 

6.ޕާރފޯމަންސް ސެކިއުރިޓީ

6.1 މަސައްކަތުގެ އަގު 1,000,000.00ރ (އެއް މިލިއަން ރުފިޔާ) އަށްވުރެ އިތުރުވާނަމަ، ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ބިޑްގެ ޖުމްލަ އަގުގެ 15 ޕަސަންޓް ނެގޭނެ. ޕާރފޯރމަންސް ސެކިއުރިޓީގެ ގޮތުގައި ފައިސާ ނުވަތަ ބޭންކް ގެރެންޓީ ބެހެއްޓޭނެ.

 

7. ބިޑަށް ހޮވޭ ފަރާތާ އެކު ހެދޭ އެއްބަސްވުމުގައި ހިމެނޭނެ ބައެއް މުހިއްމުކަންކަން.

7.1 ބިޑް ކާމިޔާބުކުރުމަށްފަހު ކުންފުނީގެ އިހުމާލެއް ނެތި މަސައްކަތް ހުއްޓާލައިފިނަމަ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ނެގުން

7.2 ޕާރފޯރމަންސް ސެކިއުރިޓީ އާ މެދު ޢަމަލުކުރެވޭނެ ގޮތް.

7.3 މަސައްކަތް ލަސްވާ ދުވަސްތަކަށް ގެއްލުމުގެ ބަދަލު ނެގުން.

7.4 މަތީގައިވާ ކަންކަމުގެ އިތުރުން މުހިއްމު ކަންތައްތައް އެއްބަސްވުމުގައި ހިމެނޭނެ.

 

8. އިތުރު މަޢުލޫމާތު

8.1 ބިޑަށް ނުހޮވޭ ފަރާތްތަކަށް ނުހޮވޭކަން އެންގުމުން ރަސްމީ ފަސް ދުވަހުގެ ތެރޭގައި ޝަކުވާއެއް އޮތްނަމަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ.

8.2 ބިޑަށް ހޮވުނުކަން އެންގުމަށްފަހު ޕާރފޯރމަންސް ސެކިއުރިޓީ ދެއްކުމަށް ހަމަޖެހިފައިވާ މުއްދަތުގެ ތެރޭގައި ނުދައްކައިފި ނަމަ ހޮވުނު ފަރާތް ކެންސަލް ކުރެވޭނެ.

8.3 ބިޑަށް ހޮވުމަށްފަހު ދެފަރާތަށް އެއްބަސްވުމަކަށް ނާދެވޭނަމަ އިޢުލާން ބާތިލު ކުރެވޭނެ.

8.4 ބިޑް ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.

8.5 މި ޕްރޮޖެކްޓަށް އެޑްވާންސް ފައިސާ ދޭގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

8.6 މި ޕްރޮޖެކްޓުގެ އަގު ދޭން ނިންމާފައިވަނީ މަސައްކަތް އެއްކޮށް ނިމި ބިލް ހުށަހެޅުމުން.

 

 

04 އޮގަސްޓް 2022