ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)472/1/2022/100
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 09:21
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އާއި ދިވެހި ފުލުހުންގެ ޚިދުމަތް އަދި އެމެރިކާ އަސްކަރިއްޔާ އާއި ގުޅިގެން މާލެ، ވިލިމާލެ، ހުޅުމާލެ، ތިލަފުށި އަދި ގުޅީފަޅު ކަނޑާއި އެއްގަމުގައި 2022 އޮގަސްޓު 06 އިން 2022 އޮގަސްޓު 17 އަށް ޖޮއިންޓް އެކްސަސައިޒެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން މިމިނިސްޓްރީއަށް އަންގަވާފައިވެއެވެ. އަދި މި އެކްސަސައިޒުގައި ސިފައިން ހަތިޔާރާއެކު ޙަރަކާތްތެރިވާނެއެވެ.

ވީމާ، މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށްއަންގާ އިޢުލާންކުރީމެވެ. 

04 އޮގަސްޓް 2022