ދިވެހިރާއްޖެ
އިޢުލާން
ލ.ކުނަހަންދޫ ލޭންޑް ޔޫސް ޕްލޭންހެދުމާއި ގުޅޭ
މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް ލ. ކުނަހަންދޫ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، މިކަމަށް
ޝައުޤްވެރިވެ ލައްވާ، ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރ 18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ
ވިޔަފާރިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނު (ގާނޫނު ނަންބަރ: 19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ
ވިޔަފާރިތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
ބީލަމުގައި ބައިވެރިވެލައްވާން އެދޭ ފަރާތްތަކުން، 2022 އޮގަސްޓް 14 ވަނަ ދުވަހުގެ 14:00ގެ ކުރިން ބިޑް "ރަޖިސްޓްރޭޝަން ފޯމް"
ފުރިހަމަކުރައްވާ މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުމަށް ދަންނަވަމެވެ. ނުވަތަ މިކައުންސިލަށް ވަޑައިގެން
ބިޑްގައި ރަޖިސްޓްރީވުމުގެ ކަންކަން ކުރިއަށްގެންދެވުމަށް ދަންނަވަމެވެ. މިބީލަމުގައި ބައިވެރިވެވޭނީ މިމުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022އޮގަސްޓް 15 ވަނަ ދުވަހުގެ 14:00ގެ ކުރިން މިކައުންސިލަށް ލިޔުމަކުން
ހުށަހެޅުމަށް ދައްނަވަމެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2022 އޮގަސްޓް 18 ވާ ބްރާސްފަތި ދުވަހުގެ 14:00 ގައި މިކައުންސިލްގެ އިދާރާގައެވެ.
މިބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިއެއް ނުވެވޭނެއެވެ.
17 މުހައްރަމް 1444
03 އޯގަސްޓް 2022