ޢާންމު މަޢުލޫމާތު
ނަންބަރު: IUL)297-SM/297/2022/69
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 14:40
ސުންގަޑި: 10 އޮގަސްޓް 2022 14:00
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެލިދޫ ތަމްސީލުކުރާ ކުޅިވަރު މުބާރާތްތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ލޯގޯ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލުން.

އިޢުލާން

ލޯގޯ ފަރުމާކުރުން

ވެލިދޫ ތަމްސީލުކުރާ ކުޅިވަރު މުބާރާތްތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ލޯގޯ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ. ހުށަހަޅާ ލޯގޯތަކުގެ ތެރެއިން ހޮވޭ އެންމެ ރަނގަޅު ލޯގޯއަކަށް 2500.00ރ (ދެހާސް ފަސްސަތޭކަ ރުފިޔާ)ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ކަނޑައެޅިފައެވެ.

ލޯގޯ ފަރުމާކުރުމުގައި ބަލަންޖެހޭ މިންގަނޑުތައް

  1. ފަރުމާކުރެވޭ ލޯގޯއަކީ ވެލިދޫ ރަމްޒުކޮށްދޭފަދަ އަމިއްލަ ވަންތަ ލޯގޯއަކަށް ވާންވާނެއެވެ. މިގޮތުން ވެލިދުއަށް ޚާއްސަ ސިފަތަކާއި، ކަންކަމާއި، ތަކެތި ހިމެނޭގޮތަށް ފަރުމާކޮށްފައިވާ ލޯގޯއަކަށް ވާންވާނެއެވެ.
  2. ފަރުމާކުރެވޭ ލޯގޯއަކީ ކުޅިވަރުތައް ތަމްސީލުކުރާ ކުޅިވަރާއިގުޅޭ ލޯގޯއަކަށް ވާންވާނެއެވެ.
  3. ފަރުމާކުރެވޭ ލޯގޯއަކީ މުޅިން އައު، އަމިއްލަ ވަންތަ ލޯގޯއަކަށް ވާންވާނެއެވެ. އެހެން ފަރާތެއްގެ ފިކުރީ މުދަލެއްނަމަ އެކަމަށް ޒިންމާވާނީ ލޯގޯ ފަރުމާކުރި ފަރާތުންނެވެ.
  4. ލޯގޯއަކީ އެއްވެސް ސިޔާސީ ޕާޓީއެއް ނުވަތަ އެހެން އިދާރާއެއް ރަމްޒުކޮށްދޭ ފަރުމާއަކަށް ވެގެން ނުވާނެއެވެ.
  5. ލޯގޯ ފަރުމާކުރެވިފައި ހުންނަންވާނީ ދިދަ، ޖާރޒީ، ލެޓަރހެޑް އަދި ސްޓާފް ކާޑުފަދަ ތަކެތީގައި ބޭނުންކުރެވޭ ފަދަ ގޮތަކަށެވެ.
  6. ލޯގޯގެ ރިޒޮލިއުޝަން މިންގަނޑަކީ DPi600 ނުވަތަ އެއަށްވުރެ މައްޗެވެ.
  7. ލޯގޯ ފަރުމާކުރުމުގައި މައިގަނޑުކުލައެއްގެ ގޮތުގައި ބޭނުންކުރަންވާނީ PANTONE P 142-8 C (ފެހިކުލަ) އަދި   PANTONE P 111-16 C (ކަނޑު ނޫކުލަ) އެވެ. އަދި އެހެން ކުލަތަކުގެ ގޮތުގައި ބޭނުންކުރާނީ PANTONE P 10-7 C  އަދި PANTONE 124-4 C އެވެ.
  8. ލޯގޯ ފަރުމާކުރަންވާނީ ވެބް ވާރޝަން، ޕްރިންޓް ކޮލެޓީ ވަރޝަން އަދި SVG  ފޯމެޓަށެވެ.

ލޯގޯ އާއި އެކު ހުށަހަޅަންޖެހޭ ތަކެތި.

  1. ލޯގޯގެ PNG, PSD  އަދި JPEG ފައިލް ހުށަހަޅަންވާނެއެވެ.
  2. ލޯގޯގެ ގްރޭ ސްކޭލް އަދި ކުލަކޮށް އޮންނަ PDF  ފައިލެއް ހުށަހަޅަންވާނެއެވެ. އަދި ލޯގޯގެ PDF  ފައިލް 10 އެމް.ބީ އަށް ވުރެ އިތުރުވެގެން ނުވާނެއެވެ.
  3. ލޯގޯގެ ކުލަ ސޮފްޓް ކޮޕީ، ކުލަތަކުގެ ޕެންޓޯން ނަންބަރު އަދި ކުލަ ކޯޑާއެކު ޖޭޕެގް / ޓިޕް ފޯމެޓުގައެވެ.
  4. ލޯގޯ ހުށަހަޅާ ފަރާތުގެ އިތުރު ހުއްދައަކާއިނުލާ ލޯގޯ ބޭނުންކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކައުންސިލަށް ދޭކަން އަންގައިދޭ ލިޔުމެއް.
  5. ލޯގޯ ހުށަހެޅި ފަރާތުގެ ވަނަވަރު.
  6. ލޯގޯ ހުށަހެޅި ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ.
  7. ލޯގޯއިން ރަމްޒުކޮށްދޭ މާނައާއި ތަފްސީލް ބަޔާންކޮށްދޭ ލިޔުން.
  8. ކޮންމެ ފަރާތަކަށްވެސް ގިނަވެގެން ހުށަހެޅޭނީ 2 ލޯގޯ.

މާކްސް ދެވޭ މިންގަނޑު

ކޮލިޓީ އަދި ޓެކްނިކަލް ފެންވަރު

35

އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން

20

އަމިއްލަވަންތަކަން

30

ބަޔާންކޮށްފައިވާ މިންގަނޑުތަކާއެއްގޮތަށް ރަމްޒުކޮށްދީފައިވާ މިންވަރު

15

 

މަތީގައި ބަޔާންކޮށްފައިވާ ފޯމެޓްތަކަށް ލޯގޯއާއި، ލޯގޯއާއިއެކު ހުށައަޅަންޖެހޭ ލިޔުންތައް 10 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.               

03 އޮގަސްޓް 2022

03 އޮގަސްޓް 2022