ދިވެހިރާއްޖެ
ބ.ކެންދޫގައި ޕްރީ ސްކޫލެއް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން (IUL)315-SM/315/2022/78 އާއި ގުޅިގެން އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާތިލުކޮށް އަލުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ޕްރީ ސްކޫލް ހިންގާނެ ފަރާތެއްގެ ގޮތުގައި ޢައްޔަންކުރާނީ މިކަމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތައް ދިރާސާކުރުމަށް ފަހު އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކެވެ. މިކަމާގުޅޭ މަޢުލޫމާތު ކަރުދާސް މި އިއުލާނާއިއެކު ޑައުންލޯޑް ކުރެވޭގޮތަށް ޢާއްމުކުރެވިފައިވާނެއެވެ.
ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ޕްރޮޕޯސަލްގެ ނަމާއި ބީލަންވެރިޔާގެ ނަމާ އެޑްރެސްލިޔެފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
ވީމާ، މި ރަށުގައި ޕްރީ ސްކޫލް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 އޮގަސްޓް 2022 ވާ ހޯމަ ދުވަހުގެ 13:30 އަށް މި އިދާރާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
އެހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.