މަސައްކަތް
ނަންބަރު: MMS-A/2014/28
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 08:30
ސުންގަޑި: 20 އޮކްޓޫބަރު 2014 11:00
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މަރާމާތުތައް ކުރުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

ލ.ކައްދޫ ރީޖަނަލް އެއަރޕޯޓުގައި ހުންނަ ކައްދޫ މެޓް އޮފީހުގެ ތިރީގައި މިވާ މަރާމާތުތައް ކުރުމަށް ބޭނުންވެގެން ކުރެވުނު ފުރަތަމަ ނަންބަރު MMS-A/2014/27 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރީމެވެ.

  1. އޮފީހުގެ ބޮޑު ދޮރު ބަދަލުކުރުން.
  2. އޮފީހުގެ ކުޑަ ދޮރުތައް ބަދަލުކުރުން.
  3. އެޑްމިން ބަޔާއި ސައިކޮޓަރި އަދި ފާޚާނާގެ ދޮރާއި ދޮރުފަތް ބަދަލުކުރުން.
  4. ގުދަނުގެ ދޮރުފަތް ބަދަލުކުރުން.
  5. އޮފީހުގެ ސީލިންގ މަރާމާތު ކުރުން.
  6. އިމާރާތުގައި ކުލަޔާއި ދަވާދުލުން.
  7. އޮފީހުގައި ހަރުކޮށްފައިވާ 1 ފެންލައިޓް ނެގުމާއި، ފާރުގައިވާ އިލެކްޓްރިކަލް 4 ސްވިޗް ބަދަލުކުރުން.
  8. ސައިކޮޓަރީގައި ސިންކް ހަރުކުރުމާއި، ފާރުގެ ބައެއްގައި މުށިޖެހުން.
  9. އެގްޒޯސްޓް ފޭނެއް ހަރުކުރުން.

ވީމާ، މަތީގައިވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2014 އޮކްޓޫބަރު 20 ވާ ހޯމަ ދުވަހުގެ 11:00 އަށް ލ.ކައްދޫ ރީޖަނަލް އެއަރޕޯޓްގައި ހުންނަ ކައްދޫ މެޓް އޮފީހަށް ވަޑައިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2014 އޮކްޓޫބަރު 27 ވާ ހޯމަ ދުވަހުގެ 11:00 އަށް ކައްދޫ މެޓް އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ "ނެޝަނަލް ކޮންޓްރެކްޓަރ ރަޖިސްޓަރީ" ގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ.

19 ޛުލްޙިއްޖާ 1435

13 އޮކްޓޫބަރު 2014