ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)485-HIF/1/2022/61
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 10:55
ސުންގަޑި: 16 އޮގަސްޓް 2022 12:00
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އެންވަޔަރަންމަންޓް އެނަލިސްޓް

އިޢުލާނު

 

މަޤާމު:

އެންވަޔަރަންމަންޓް އެނަލިސްޓް

މަޤާމުގެ ނަންބަރު:

J-350600

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ، މާލެ / މޮނިޓަރިންގ އެންޑް އިންސްޕެކްޝަން ސެކްޝަން

މުސާރަ:

-/ 6295

ސަރވިސް އެލަވަންސް:

-/ 2000

އެހެނިހެން އެލަވަންސް:

ސްޕެޝަލް ޑިއުޓީ އެލަވަންސް:  މުސާރައިގެ    %35 

ޓެކްނިކަލް ކޯ އެލަވަންސް: މުސާރައިގެ %28

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސަރުކާރުގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުމުގައި ޔުނިޓް އިން ހުށަހަޅަންޖެހޭ މައުލޫމާތު އެކުލަވާލުމުގައި ޔުނިޓް ހެޑްއަށް އަށް އެހީވުން  
  2. ޔޫ.އާރ.އޭ ގެ ވަރކް ޕްލޭންގެ ދަށުން ޔުނިޓްގެ ވަރކް ޕްލޭން އެކުލަވާލައި ޕްލޭން ތަންފީޛުކުރުމުގެ މަސައްކަތްތައް ޔުނިޓްގެ ހެޑްގެ ލަފާގެ މަތިން ހިންގުން. އަދި ޕްލޭންގެ ޕްރޮގްރެސް މޮނިޓަރކޮށް ކަމާބެހޭ ފަރާތްތަކަށް ރިޕޯރޓްކުރުން.
  3. ދިވެހިރާއްޖެއަށް ފެތޭ ގޮތަށް ޔޫ.އާރު.އޭ އިން ހަދާ ކުނި މެނޭޖުކުރުމާއި ގުޅޭ ސްޓޭންޑަރޑް ތައް އެކުލަވާލުމުގައި އެހީތެރިވުން
  4. އާއްމު ބޭނުންތަކުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ދާއިރާގެ ތެރެއިން ކުނި މެނޭޖުކުރުމުގެ ހިދުމަތާއި ގުޅޭ ސްޓެޓިސްޓިކްސް ކަލެކްޓްކުރުމާއި ސްޓެޓިސްޓިކަލް ޑޭޓާ މެނޭޖްކުރުމުގެ ގޮތުން ޔުނިޓްގެ ފަރާތުން ހިންގަންޖެހޭ މަސައްކަތްތައް ހިންގުމުގައި ޔުނިޓް ހެޑް އަށް އެހީވުން
  5. ޔޫ.އާރު.އޭގެ ކުނި މެނޭޖުކުރުމުގެ ހިދުމަތާއި ގުޅޭ ޤަވާއިދުތަކާއި އަދި ކުނި މެނޭޖުކުރުމުގެ ހިދުމަތް ދިނުމުގެ ތެރޭގައި ބަލަންޖެހޭ ރައްކާތެރިކާމާއި އަދި ތިމާވެއްޓާއި ބެހޭ މިންގަޑުތައް ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރުމާއި އެކަމާއިބެހޭ އެންމެހައި މަސައްކަތްތަކުގައި ޔުނިޓް ހެޑްއަށް އެހީތެރިވުން
  6. އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ކުނި މެނޭޖުކުރުމުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ތަންތަނުގެ ގަވާއިދުން ކުރެވޭ އޮޕަރޭޝަނަލް ކޮންޕްލަޔަންސް، އެންވަޔަރަމަނަޓަލް ކޮންޕަލަޔަންސް އަދި އެހެނިހެން އިންސްޕެކްޝަންތަކާއި މޮނިޓަރިންގެ މަސައްކަތްތައް ރާވާ ހިންގުމާއި އެއާއި ގުޅިގެން ތައްޔާރު ކުރަންޖެހޭ ރިޕޯޓުތައް ތައްޔާރު ކުރުމުގެ މަސައްކަތްތައް ޔުނިޓް ހެޑްގެ ލަފާގެ މަތިން ބެލެހެއްޓުން
  7. ކުނި މެނޭޖުކުރުމުގެ އާއްމު ހިދުމަތް ދިނުމުގެ ތެރޭގައި ދިމާވާ ތިމާވެށީގެ އަދި އާންމު ސިއްހަތާއި ގުޅުން ހުރި ހާދިޡާ ތަކާއި ގުޅިގެން ކުރަންޖެހޭ އިންސްޕެކްޝަން ތަކައި މޮނިޓަރިން މަސައްކަތް ރާވާ ހިންގުމާއި އެއާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމުގެ މަސައްކަތް ޔުނިޓް ހެޑްގެ ލަފާގެ މަތިން ބެލެހެއްޓުން
  8. ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފެސިލިޓީތައް ކޮމިޝަން ކުރުމާއި މޮނިޓަރ ކުރުމުގެ މަސައްކަތްތައް ރާވާ ހިންގުމުގައި ޔުނިޓް ހެޑްއަށް އެހީވުން.
  9. ކުނި މެނޭޖުކުރުމުގެ އާއްމު ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ފޮނުވާ ޕީރިއޮޑިކް ރިޕޯޓުތައް ރިވިއު ކުރުމުގެ މަސައްކަތްތައް ރާވާ ހިންގުމުގައި ޔުނިޓް ހެޑްއަށް އެހީވުން.
  10. ކުނި މެނޭޖުކުރުމުގެ އާއްމު ޚިދުމަތްދޭ ފަރާތްތަކުގެ ޕަރފޮމަންސް މޮނިޓަރިންގ ގެ މަސައްކަތްތައް ރާވާ ހިންގުން.
  11. ޕްލޭންތަކާ ގުޅޭގޮތަށް ސެކްޝަންގެ ބަޖެޓް އެކުލަވާލުމުގައި އޮފީހުގެ އިސްވެރިންނަށް ފަންނީ ލަފާ ދިނުމާއި ޕްލޭންތަކާ ގުޅޭ ގޮތަށް ބަޖެޓް އެކުލަވާލުމުގައި ކަމާ ބެހޭ މުވައްޒަފުންނަށް އެހީތެރިވުން.

 

މަޤާމުގެ ޝަރުޠުތައް:

  1. މަގާމުގެ މަސައްކަތާ ގުލޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގު(ތައް):

ބަޔޯޓެކްނޮލޮޖީ، ސިވިލް އިންޖިނިއަރިންގ، ކޮންޓްރޯލް އިންޖީނިއަރިންގް، ޑްރިލިންގ އިންޖީނިއަރިންގ، އިކޮނޮމިކްސް، އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް، އިލެކްޓްރިކަލް އިންޖިނިއަރިންގ، އެނަރޖީ، އެނާޖީ އިންޖިނިއަރިންގ، އެނާރޖީ މެނޭޖްމަންޓް، އެނާރޖީ ޕޮލިސީ، އެންވަޔަރަންމެންޓަލް އިކޮނޮމިކްސް، އެންވަޔަރަންމެންޓަލް އިންޖިނިއަރިންގ، އެންވަޔަރަންމެންޓަލް މެނޭޖުމަންޓު، އެންވަޔަރަންމަންޓަލް ޕޮލިސީ، އެންވަޔަރަންމެންޓަލް ސައިންސް، ހައިޑްރޮލޮޖީ، އިންޑަސްޓްރިއަލް އިންޖީނިއަރިންގ، މެރިން އިންޖީނިއަރިންގ، މެކޭނިކަލް އިންޖިނިއަރިންގ، މައިކްރޯބަޔޮލޮޖީ، ޕެޓްރޯލިއަމް އިންޖީނއަރިންގ، ޕެޓްރޯފިޒިކަލް އިންޖީނިއަރިންގ، ޕަވަރ އިންޖީނިއަރިންގް، ރެނުވަބަލް އެނަރޖީ، ރެނުވަބަލް އިންޖީނިއަރިންގް، ސެނިޓޭޝަން އިންޖީނިއަރިންގ، ސްޓްރަކްޗަރަލް އިންޖިނިއަރިންގ، ޓޮކްސިކޮލޮޖީ، އަރބަން ޕްލޭނިންގ، ވޭސްޓް މެނޭޖްމަންޓް، ވޯޓަރ އެންޑް ސެނިޓޭޝަން، ވޯޓަރ ކެމިސްޓްރީ،  ވޯޓަރ އިންޖީނިއަރިންގ، ވޯޓަރ މައިކްރޯބައޮލޮޖީ، ވޯޓަރ ރިސޯސް މެނޭޖްމަންޓް، ވޯޓަރ ސައިންސް، ވޯޓަރ ސަޕްލައި އިންޖީނިއަރިންގ، ވޯޓަރ ޓެކްނޮލޮޖީ

ޕްރިފަރޑް ޑިސިޕްލިން(ތައް):

(ނެތް)

ކޯ ޑިސިޕްލިން(ތައް):

އެންވަޔަރަންމެންޓަލް މެނޭޖުމަންޓު، އެންވަޔަރަންމަންޓަލް ޕޮލިސީ، އެންވަޔަރަންމެންޓަލް ސައިންސް، ވޭސްޓް މެނޭޖްމަންޓް

މަޤާމުގެ މަސައްކަތުގެ ދާއިރާ(ތައް):

ވޭސްޓް މްނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި
  2.  (https://www.ura.gov.mv/downloads/job-application-form/) ކައުންޓަރުން ލިބެންހުންނާނެއެވެ.)ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށްއެންމެޤާބިލުފަރާތެއްހޮވުމަށްބެލޭނެކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މ މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 އޮގަސްޓް 2022 ގެ 12:00 ގެ ކުރިން، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަށެވެ. 

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނީ، 17 އޮގަސްޓް 2022 އާއި 29 ސެޕްޓެންބަރު 2022 އާ ދެމެދު ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3019100 އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

03 އޮގަސްޓް 2022