MBBS / BDS Programme 2014/2015
|
- މިޕްރޮގްރާމުގެ ދަށުން ކޯހަށް ހޮވޭ ފަރާތްތަކުން ކޯސް ފުރިހަމަކުރުމަށްޓަކައި ހޭދަވާ ހުރިހާ ޚަރަދެއް ކުރަން ޖެހޭނީ އަމިއްލައަށެވެ.
|
ޤައުމު: ބަންގްލަދޭޝް
|
ކޯހުގެ ލެވެލް: ބެޗްލާރސް ޑިގްރީ
|
06 އެމް.ބީ.ބީ.އެސް
01 ބީ.ޑީ.އެސް
|
ކޯހުގެ ދާއިރާ، ޢަދަދު:
|
- ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން.
- 2011 ވަނަ އަހަރު ނުވަތަ އޭގެފަހުގެ ތާރީޚެއްގައި ޖީ.ސީ.އީ އޯލެވެލް ހަދާފައިވާ ފަރާތެއް ކަމުގައިވުން. އަދި
- ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ ބައެލޮޖީ، ކެމިސްޓްރީ، ފިޒިކްސް މިތިން މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. ނުވަތަ
- ޝާހާދާ ސާނަވިއްޔާ އިމްތިޙާނުގެ ބައެލޮޖީ، ކެމިސްޓްރީ، ފިޒިކްސް މިތިން މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. އަދި
- 2013ވަނަ އަހަރު ނުވަތަ އޭގެފަހުގެ ތާރީޚެއްގައި ޖީ.ސީ.އީ އޭލެވެލް / ޝަހާދާ ސާނަވިއްޔާ ހަދާފައިވާ ފަރާތެއް ކަމުގައިވުން. އަދި
- ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ 05 ފާހުގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އެއާ އެއްފެންވަރު އިމްތިހާނަކުން އިނގިރޭސިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން ނުވަތަ ސީ.އޭ.އީ / ސީ.ޕީ.އީ އިމްތިޙާނުން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލްކޮށްފައިވުން ނުވަތަ TOEFL އިން 550 އިން ފެށިގެން މަތި ލިބިފައިވުން ނުވަތަ IELTS އިން 5.5 އިން ފެށިގެން މަތީ ސްކޯރއެއް ލިބިފައިވާނަމައެވެ.
މިކޯސްތަކާބެހޭ އިތުރު މަޢްލޫމާތާއި ޝަރުޠު އަދި އެޕްލިކޭޝަން ފޯމު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.dhe.gov.mv އިން ލިބޭނެއެވެ.
|
ކޯހުގެ ޝަރުޠުތައް:
|
- އެއްކެންޑިޑޭޓަށްވުރެ ގިނަ ކެންޑިޑޭޓުން ޕޮއިންޓްގެ ގޮތުން އެއްވަރުވެފައިވާނަމަ ބައިވެރިވެފައިވާ ހުރިހާ މާއްދާތަކަށް (އެސް.އެސް.ސީ އިމްތިޙާނުގެ އިސްލާމް އަދި ދިވެހި ހިމެނޭގޮތަށް) ބެލެވޭނެއެވެ.
- ކޯހެއް ނޮމިނޭޓްވާ ކެންޑިޑޭޓުންގެ އެޕްލިކޭޝަން ބަންގްލަދޭޝްއަށް ފޮނުވާއިރު އެޑްމިޝަން ފީއެއްގެ ގޮތުގައި 60 ޑޮލަރުގެ ބޭންކް ޑްރާފްޓެއް، ކެންޑިޑޭޓުން ފޮނުވަން ޖެހޭނެއެވެ.
- މިޕްރޮގްރާމްގެ ދަށުން ބަންގްލަދޭޝްގެ ގަވަރމަންޓް މެޑިކަލް ކޮލެޖްތަކާއި ނޮން-ގަވަރމަންޓް މެޑިކަލް ކޮލެޖްތަކަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.
- މިއިޢުލާންގައި ބަޔާން ކުރެވިފައިވާ ޝަރުޠެއް ހަމަނުވުމުގެ ސަބަބުން ނުވަތަ ހުށަހަޅަންޖެހޭ ތަކެތި ހުށަނޭޅުމުގެ ސަބަބުން ޑިސްކޮލިފައި ކުރެވޭ ކެންޑިޑޭޓުން، މިޑިޕާޓްމަންޓްގެ ވެބްސައިޓްގައި އަޕްލޯޑް ކުރެވިފައިވާ "މަތީތަޢުލީމާއި ތަމްރީނަށް ބައިލެޓްރަލް އެހީގެ ދަށުން ސަރުކާރަށް ލިބޭ ސްކޮލަރޝިޕްތައް ލިބޭއިރު ސުންގަޑި ހަމަވުމުގެ ކުރިން ފުރަތަމަ ފަހަރު އިޢުލާން ކުރުމަށްފަހު ޝަރުޠުހަމަވާ ކެންޑިޑޭޓުން ނުލިބުމުގެ ސަބަބުން އިތުރަށް އިޢުލާން ކުރާނެ ވަގުތު ނެތް ޙާލަތުގައި ނުވަތަ ތަކުރާރުކޮށް އިޢުލާންކޮށްގެން ކެންޑިޑޭޓުން ނުލިބިއްޖެ ޙާލަތުގައި ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންއިން އަމަލު ކުރާނެ އުސޫލު" ގެ ދަށުން ކޮލިފައި ކުރެވިދާނެއެވެ.
- މި ކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، އިޢުލާން ކުރެވިފައިވާ ކޯހާއި އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާ އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެއެވެ.
- މި ސްކޮލަރޝިޕްގެ ދަށުން މަތީތަޢުލީމް ހާސިލު ކުރުމަށް ފުރުޞަތު ލިބޭ ދަރިވަރުން ކިޔަވާ ނިންމުމަށްފަހު، ސަރުކާރުން ކަނޑައަޅާ އޮފީހެއްގައި ނުވަތަ މުއައްސަސާއެއްގައި ޚިދުމަތްކުރުމަށް ބޮންޑްކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު:
|
- ކޯހަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި އެފޯމުގައި ބަޔާންކޮށްފައިވާ ތަކެތި.
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރު އޮފީހަކުން ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ތައްގަނޑުޖެހި އަސްލު (އެޓެސްޓެޑް އޮރިޖިނަލް)ހުށަހަޅަންވާނެއެވެ. އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތަކުން ނަގާފައިވާ ކޮޕީ، އަދި އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ސްކޭން ކޮޕީ ގަބޫލެއް ނުކުރެވޭނެއެވެ.
- އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި އަދި ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރުމުގެ އިޚުތިޔާރު މިޑިޕާޓްމަންޓަށް ލިބިގެންވެއެވެ.
- ކޯހަށް އެދޭ ފަރާތުގެ ވަނަވަރު. (ވަނަވަރުގައި ކެންޑިޑޭޓުގެ ސޮޔާއި ތާރީޚު އޮންނަންވާނެއެވެ.)
- ޕާސްޕޯޓް ކޮޕީ (އެޓެސްްޓްކޮށްފައިވާ އަސްލު)
|
ހުށަހަޅަންޖެހޭ ތަކެތި:
|
ސުންގަޑި:
- ސަރުކާރު ކޮލެޖްތަކަށް އެޕްލިކޭޝަން ހުށަހަޅުއްވާނަމަ: 14 އޮކްޓޫބަރު 2014 (އަންގާރަ) ދުވަހުގެ 12:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2ވަނަ ފަންގިފިލާ) އަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
- ޕްރައިވެޓް ކޮލެޖަކަށް އެޕްލިކޭޝަން ހުށަހަޅުއްވާނަމަ: 22 އޮކްޓޫބަރު 2014 (ބުދަަ) ދުވަހުގެ 14:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2ވަނަ ފަންގިފިލާ) އަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
|
ކޯހަށް އެދޭ ފޯމް ހެނދުނު 8:30 އިން މެންދުރުފަހު 14:30 އަށް ވެލާނާގޭ 2 ވަނަ ފަންގިފިލާގައި ހުންނަ މިޑިޕާޓްމަންޓްގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓުން www.dhe.gov.mv ލިބެން ހުންނާނެވެ. އިތުރު މަޢުލޫމާތު 3341380 އިން ލިބިވަޑައިގަންނަވާނެއެވެ.
|