ދިވެހިރާއްޖެ
އަންދާސީހިސާބު ހޯދުން
ކަމަދޫ ހުކުރު މިސްކިތް މަސްޖިދުއްސިޔާދާތުގެ ވުޟޫކުރާބަޔަށް އިތުރުކުރާބައިގެ މަސައްކަތް މިއިދާރާއިން ހުށަހަޅާ ކުރެހުމާ އެއްގޮތަށް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 އޮކްޓޫބަރު 2014 ވާ (އަންގާރަ) ދުވަހުގެ 11:30 އަށް ކައުންސިލުގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 އޮކްޓޫބަރު 2014ވާ (އަންގާރަ) ދުވަހުގެ 11:30 އަންދާސީހިސާބު ކައުންސިލުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ އަންދާސީހިސާބު ހުށަހަޅާ ފޯމުންނެވެ. އަދި މަޢުލޫމާތު ސާފުކުރަން ނުދުރުވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.
އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ތަކެތި:
1. އަމިއްލަ ފަރާތަކުން ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ އައިޑެންޓިޓީ ކާޑުގެ ދެފުށުގެ ކޮޕީ
2. ކުންފުންޏަކުން ހުށަހަޅާނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ
އަންދާސީހިސާބަށް މާކްސް ދިނުން:
ހުށަހަޅާ އަންދާސީހިސާބުތަކަށް މާކްސް ދެވޭނެ މިންގަނޑުތައް ތިރީގައި އެވަނީއެވެ.
| 
 ދާއިރާ  | 
 މާކްސް ދެވޭނެގޮތް  | 
 ތަފުސީލު  | 
 ފޯމިއުލަރ  | 
| 
 އަގު  | 
 % 80  | 
 ޚިދުމަތުގެ އަގަށް ދެވޭ މާކްސް. މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗުމާކް ކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. އެގޮތުން އެންމެ މަތީ މާކްސް ލިބޭނީ އެންމެ ކުޑައަގަށެވެ.  | 
 (Benchmark Price/Submitted Price)x Allocate percentage  | 
| 
 މުއްދަތު  | 
% 10 | 
 މުއްދަތަށް ދެވޭ މާކްސް. މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗުމާކް ކަމުގައި ބަލައިގެން ކްރައިޓިރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތުތަކެއްގެ މެދުގައި ބަހައިލައިގެންނެވެ. އެގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތަކަށެވެ.  | 
 (Benchmark days/Submitted number of days)x Allocate percentage  | 
| 
 ތަޖުރިބާ  | 
% 10 | 
 މަސައްކަތުގެ ތަޖުރިބާއަށް ދެވޭ މާކްސް: މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުގެ ތެރެއިން އެންމެ ދިގު މުއްދަތެއްގައި މިފަދަ މަސައްކަތްތައް ކޮށްފައިވާ ފަރާތުގެ މުއްދަތަކީ ބެންޗުމާކް ކަމުގައި ބަލައިގެން ކުރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތުތަކެއްގެ މެދުގައި ބަހައިލައިގެންނެވެ. އެގޮތުން އެންމެ ގިނާ މާކްސް ލިބޭނީ އެންމެ ދިގު މުއްދަތެއްގައި މަސއްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށެވެ.  | 
 (Benchmark Term/Submitted Term)x Allocate percentage  | 
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
14 ޛުލްޙިއްޖާ 1435