ދިވެހިރާއްޖެ
އިޢުލާން
ގދ.ތިނަދޫ ރަސްމީ ބޯޅަ ދަނޑުގެ ހުޅަނގު ފަރާތުގައި ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން:
ގދ.ތިނަދޫ ރަސްމީ ބޯޅަ ދަނޑުގެ ހުޅަނގު ފަރާތުގައި މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާނު ކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 ޖުލައި 2022 އިން 21 ޖުލައި 2022 އަށް ތިރީގައި ދެންނެވިފައިވާ މުއްދަތުގައި މި އިދާރާއަށް ވަޑައިގެން ރަޖިސްޓަރ ކުރުމަށްފަހު ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚް |
ގަޑި |
ތަން |
ރަޖިސްޓްރޭޝަން މުއްދަތު |
02 އޯގަސްޓް 2022 އިން 10 އޯގަސްޓް 2022 އަށް |
8:30 – 13:00 |
ގދ.ތިނަދޫ ކައުންސިލް އިދާރާ |
ބިޑް ހުށަހެޅުން |
15 އޯގަސްޓް 2022 |
13:30 (މެންދުރު) |
ގދ.ތިނަދޫ ކައުންސިލް އިދާރާ |
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ، ރަޖިސްޓްރީވުމަށް ދެންނެވިފައިވާ މުއްދަތުގައި މިއިދާރާއަށް ވަޑައިގެން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. މިމަސައްކަތުގެ ބީ.އޯ.ކިއު، ބިޑްހުށަހަޅުއްވާ ފަރާތްތަކަށް ދެވޭ މަޢުލޫމާތު ކަރުދާސް، ބީލަން ފޯމް އަދި މަސައްކަތާއި ގުޅުންހުރި ކުރެހުންތައް ރަޖިސްޓްރޭޝަން މުއްދަތު ހަމަވުމުން، ބީލަން ހުށަހެޅުމަށް ރަޖިސްޓަރވެފައިވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ހިއްސާކުރުމަށްވަނީ ހަމަޖެހިފައެވެ.