ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)14/E-1/2014/105
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 16:08
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަޤާމަށާއި އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުގެ މަޤާމަށް މީހުން ހޮވުން

މި އޮފީހުގެ ނަންބަރު IUL)14-E1/1/2014/101)ފ(22 ސެޕްޓެންބަރު 2014) އިޢުލާނާ ގުޅޭގޮތުން ދަންނަވަމެވެ.

ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަޤާމަށާއި އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތައް ޝޯޓްލިސްޓުކޮށް މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ މިންގަނޑު (U-008/ފ2014) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން ދޭންޖެހޭ ޓެސްޓު ހެދުމަށް އެ މިންގަނޑުގެ 8 ވަނަ މާއްދާގެ (ހ) އާއި 12 ވަނަ މާއްދާގެ (ށ) ގެ ދަށުން ދެވޭ ޓެސްޓް 2014 އޮކްޓޫބަރު 13 ވާ ހޯމަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޓެސްޓަށް ހާޒިރުވާންޖެހޭ މީހުންނާއި ޓެސްޓް އޮންނާނެ ތަނާއި ގަޑި ކަސްޓަމްސްގެ ވެބްސައިޓް http://www.customs.gov.mv ގައި ޝާއިޢުކުރެވިފައި ވާނެއެވެ.

ވީމާ، މި ވާހަކަ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ޛުލްޙިއްޖާ 1435

08 އޮކްޓޫބަރު 2014