މަސައްކަތް
ނަންބަރު: Q10C-A/2022/26
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 14:33
ސުންގަޑި: 10 އޮގަސްޓް 2022 14:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ޕާރޓިޝަންޖަހައި ރޫމެއް ހެދުމުގެ މަސައްކަތް

އިޢުލާން

ޕާރޓިޝަންޖަހައި ރޫމެއް ހެދުމުގެ މަސައްކަތް(.)

މިކޯޓުންދޭ މަޢުލޫމާތާއި އެއްގޮތަށް މިކޯޓުގައި ޕާރޓިޝަންޖަހައި ރޫމެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިޢުލާނާއި އެޓޭޗްކުރެވިފައިވާނެއެވެ. މަސައްކާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކަށް މަޢޫލޫމާތު ދިނުން 09 އޯގަސްޓް 2022 ވާ އަންގާރަ ދުވަހުގެ 10:00 ގައި މިކޯޓުގައި އޮންނާނެއެވެ.

 ވީމާ، މިމަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 އޯގަސްޓް 2022 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން މިކޯޓުގެ އީ-މެއިލް [email protected]  އަށް، ނުވަތަ ކޯޓުގެ ކައުންޓަރަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

މިކޯޓުގެ ނަންބަރު Q10C-A/2022/26 އިޢުލާނާއި ގުޅިގެން ދެވޭ މަޢުލޫމާތު ޝީޓް

(ޕާރޓިޝަންޖަހައި ރޫމެއް ހެދުމުގެ މަސައްކަތް)

 

  1. ޕާރޓިޝަންޖެހުން
  • ޕާރޓިޝަންގެ މިންތައް ހިމެނޭ ކުރެހުމެއް އެނެކްސް 1 ގައި ވާނެއެވެ.
  • ޕާރޓިޝަން ޖަހަންވާނީ ލަކުޑިން ފްރޭމް ހަދައި ދެފަރާތުގައި ޖިބްސަން ބޯޑު ޖަހައިގެންނެވެ.
  • ލަކުޑިފަތީގެ ގޮތުގައި ބޭނުންކުރަންވާނީ 2’’ X 1.5’’ ލަކުޑި ފަތިއެވެ.
  • ޕާރޓިޝަންގައި ލަކުޑި ބޯޑަރެއް ހެދުމަށް ފަހު އެނެކްސް 1 ގައިވާ ކުރެހުމާއި އެއްގޮތަށް 4 އެމް.އެމްގެ ކްލިއަރ ބިއްލޫރި ހަރުކުރަންވާނެއެވެ.
  • ޕާރޓިޝަންގެ ދެފަރާތުގައި ކޯނިކްސް ބޯޑަރު އަޅަންވާނެއެވެ. ބޯޑަރުގެ ގޮތުގައި ބޭނުންކުރަންވާނީ މިހާރުވެސް ކޯޓް ޢިމާރާތުގައި އަޅާފައިވާ ސައިޒުގެ އަދި އެއްގޮތް ބޯޑަރުއެވެ.
  • ދޮރާއި ދޮރުފަތް ކޯޓުން ފޯރުކޮށްދެވޭނެއެވެ. އަދި ހަރުކުރުމަށް ބޭނުންވާ އެހެނިހެން ތަކެތި މަސައްކަތް ކުރާފަރާތުން ހޯދަންވާނެއެވެ.
  1. ދޮރާތް ދޮރުފަތް ހަރުކުރުން
  1. ޕްޓީލުމާއި ކުލަލުން.
  • ޕާރޓިޝަންގެ ދެފަރާތުގައި ޕުޓީލައި އޮމާންކޮށް، ނިޕޯން ނުވަތަ އެފެންވަރުގެ ވޯލްސީލާ ކޯޑެއް ލުމަށްފަހު މަދުވެގެން ދެކޯޑްކުލަ ލާންވާނެއެވެ. ކުލަލާނިމޭއިރު އެއްވެސް ދިމާލަކުން ކުލަފަނޑުވެފައި ހުރެގެން ނުވާނައެވެ. ނިޕޯން ނޫން ކުލައެއް ލާނަމަ ވެރިފަރާތައް ހުށަހަޅައި އެޕްރޫވް ކުރަންވާނެއެވެ.  މިގޮތުން ހުށަހަޅާ ކުލައަކީ ނިޕޯން ކުލައާއި އެއްފެންވަރު ނުވަތަ އެއަށްވުރެ ރަނގަޅު ފެންވަރެއްގެ ކުލައަކަށްވާންވާނެއެވެ. ކުލައިގެ ގޮތުގައި ބޭނުންކުރަންވާނީ މިހާރުވެސް ކޯޓު ޢިމާރާތުގައި ލާފައިވާ ކުލަ ނުވަ ގާތްކުރާ ކުލައިގެ ކުލައެވެ.
  1. އެއަރކަންޑިޝަން ހަރުކުރުން
  • އެއަރކަންޑިޝަން ކޯޓުން ފޯރުކޮށްދެވޭނެއެވެ. ނަމަވެސް އެއަރކަންޑިޝަން ހަރުކުރުމުގެ ކުރިން ސާރވިސްކުރަންވާނެއެވެ. އަދި އެއަރކަންޑިޝަންގެ ގޭސް ޗެކްކޮށް ގޭސް އަޅަންޖެހޭނަމަ ގޭސް އަޅާ ފުރިހަމަކުރުން.
  • ހޮޅިސެޓަށް ބޭނުންކުރާނީ ކޮޕަރ ޕައިޕެވެ. އެގޮތުން ހަރުކުރާ އެއަރކަންޑިޝަންގެ ބީ.ޓީ.ޔޫއަށް އަޅަންޖެހޭސައިޒުގެ ޕައިޕްއަޅަންވާނެއެވެ. އެއްވެސްފަރާތަކުން ކޮޕަރ ޕައިޕް ނުފެންނަގޮތަށް އިންސްލޭޝަން އަޅަންވާނެއެވެ. ޢިމާރާތުގެ އެތެރެއިންނާއި ބޭރުން އަޅާހޮޅިތަކުގައި ކޭސިން އަޅާ ފުރިހަމަ ކުރަންވާނެއެވެ.
  • އޯވަރފްލޯހޮޅިން ބޭރަށްނުކުންނަބަޔަށް އެސްލޯންހޮޅިއެއްގުޅައި ބިމުންފެށިގެން މައްޗަށް 4 އިންޗި ހުންނަވަރަށް ތިރިކުރަންވާނެއވެ.
  • ހޮޅިސެޓްނެރެން ފާރުންތޮރުފާތަނުން އެއްވެސްވަރަކަށް ވައިބޭރުނުވާގޮތަށް ރީއްޗަށް ސެލެކޯންއަޅާ ބައްދަންވާނެއެވެ.
  • އެއަރކަންޑިޝަން ހަރުކުރުމަށްފަހު ކަރަންޓްގުޅައި ޓެސްޓްކުރަންވާނެއެވެ.
    • އެއަރކަންޑިޝަން އައުޓުޑޯރ ޔުނިޓް ހަރުކުރަން ބޭނުންވާ ބުރެކެޓް ކޯޓުން ފޯރުކޮށްދެވޭނެއެވެ.
  1. އެހެނިހެން މަސައްކަތްތަކާއި، މަސައްކަތް ނިންމުމަށްޓަކައި އިތުރަށްކުރަންޖެހޭކަމަށް އަގުހުށަހަޅާފަރާތަށް ފާހަގަކުރެވޭ މަސައްކަތް:

ކުރެހުމުގައިވާ މިންތަކާއި މަސައްކަތްކުރުމާއިބެހޭ ގޮތުން ތައްޔާރު ކުރެވިފައިވާ މަޢުލޫމާތު ޝީޓުގައިވާ މަޢުލޫމާތާއި އެއްގޮތަށް މަސައްކަތް ކުރުމުގައި ކޮންމެހެން ހިމަނަންޖެހޭ އިތުރުކަންކަމުގެ ގޮތުގައި މަސައްކަތަށް އަގު ހުށަހަޅާފަރާތަށް ފާހަގަ ކުރެވޭ އެންމެހާ ކަންކަމުގެ އަގު ކޯޓޭޝަންގެ އެހެނިހެން މަސައްކަތްތަކުގެ ގޮތުގައި ހިމަނަންވާނެއެވެ. މަސައްކަތް ހަވާލުވުމަށްފަހު އެފަދަކަމެއް ފާހަކޮށްފިނަމަވެސް އެމަސައްކަތަކަށް އިތުރުއަގެއް ނުދެވޭނެއެވެ.

  1. އެޑްވާންސް ފައިސާ:
  • މި މަސައްކަތައް އެޑްވާންސް ފައިސާ ދޫކުރާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
  1. މަސައްކަތް ޙަވާލުކުރުމަށް ފަރާތެއް ކަނޑައެޅުމުގައިޕޮއިންޓްދެވޭނެގޮތް:
  • 85 ޕޮއިންޓް އަގަށް (އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
  • 10 ޕޮއިންޓް މުއްދަތަށް (އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
  • 05 ޕޮއިންޓް ތަޖުރިބާ އަށް (2018 ވަނަ އަހަރުން ފެށިގެން މިފަދަ މަސައްކަތް ނިންމާފައިވާކަމަށް ދައުލަތުގެ އިދާރާތަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުން ދީފައިވާ އެންމެގިނަ ލިޔުން ހުށަހަޅާ ފަރާތަކަށް އެންމެގިނަ ޕޮއިންޓް.
  1. ކޯޓޭޝަން އާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
  • ކޯޓޭޝަން ހުށަހަޅުއްވާއިރު ކޯޓޭޝަންގައި މަސައްކަތުގެ މުއްދަތު ޖަހަންވާނެއެވެ.
  • ކޯޓޭޝަން ހުށަހަޅާ ފަރާތުގެ ޕްރޮފައިލް ހުށަހަޅަންވާނެއެވެ.
  • ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ
  • ކޯޓޭޝަން
  • ޖީ.އެސްޓީ އަށް ރަޖިސްޓްރީކޮށްފައިވާނަމަ ސެޓްފިކެޓްގެ ކޮޕީ
  • ކުންފުންޏެއް (ޕާރޓްނަރޝިޕެއް) ނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ
  • އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްނަމަ އިންވެސްޓްމަންޓްގެ ކޮޕީ
  • ތަޖުރިބާގެ ލިޔުންތައް ހުރިނަމަ ލިޔުންތަކުގެ ކޮޕީ
  • ކޯޓޭޝަން ހުށަހަޅާ ފަރާތަކީ މިކޯޓުގެ އެއްވެސް މުވައްޒަފަކާ ތިމާގެ ކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް އޮތް ފަރާތެއް އޮތްކަން ނުވަނަ ނޫންކަން އެގޭނެ ލިޔުން.
  1. ކޯޓޭޝަން ހުށަހެޅުން

މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 އޯގަސްޓް 2022 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން މިކޯޓުގެ އީ-މެއިލް [email protected]  އަށް، ނުވަތަ ކޯޓުގެ ކައުންޓަރަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.  

  1. ކޯޓޭޝަން ބާތިލުކުރުން
  • މިމަޢުލޫމާތު ޝީޓުގެ 08 ވަނަ ނުކުތާގައި ހިމެނޭ ލިޔެކިޔުމެއް މަދުން ހުށަހަޅާފައިވާނަމަ ކޯޓޭޝަން ބަލައެއް ނުގަނެވޭނެއެވެ.
  • އިޢުލާނުގައި ދެންނެވިފައިވާ މުއްދަތުގެ ފަހުން ލިބޭ ކޯޓޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ.

ނޯޓް:

  • މާލިއްޔަތުގެ ޤަވާޢިދާއިއެއްގޮތަށް މިމަސައްކަތަށް ހޮވޭ ފަރާތަކާއި މިކޯޓާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވޭނެއެވެ.
  • މި މަސައްކަތުގެ އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ މިކޯޓުގެ ނަންބަރު 68401601 އަށް ގުޅުއްވުން އެދެމެވެ. އަދި ސައިޓަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށް ބޭނުންފުޅުވާނަމަ 09 އޯގަސްޓް 2022 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިކޯޓަށް ވަޑައިގެން ދެއްވުން އެދެމެވެ.
02 އޮގަސްޓް 2022