ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355-ESMS/355/2022/43
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 14:09
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޮލީ ޓީމްތަކުގެ ޕްރެކްޓިސް އާގުޅޭ

            "ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިފް" ގައި ބައިވެރިވާ މިރަށުގެ އަންހެން ވޮލީ ޓީމާއި ފިރިހެން ވޮލީ ޓީމް އެކުލަވާލުމަށްޓަކާ 03 އޮގަސްޓް 2022 ދުވަހުން ފެށިގެން ޕްރެކްޓިސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

              ފިރިހެން ވޮލީ ޓީމްގެ ޕްރެކްޓިސް ސެސަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެދުވަހަކު ހަވީރު 16:00 އިން 18:00 އަށް އިޖްތިމާއީ މަރުކަޒު ވޮލީ ކޯޓްގައެވެ.

            އަންހެން ވޮލީ ޓީމްގެ ޕްރެކްޓިސް ސެސަންތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ރެއަކު 20:15 އިން 22:00 އަށް މިރަށު އަންހެނުންގެ ވޮލީ ކޯޓްގައެވެ.

            ވީމާ "ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިފް" ގައި މިރަށު ވޮލީޓީމްތަކަށް ކުޅުމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކުން ޕްރެކްޓިސް ސެސަންތަކުގައި ބައިވެރިވުމަށް ކަނޑައެޅިފައިވާ ގަޑިތަކަށް ޕްރެކްޓިސްއަށް ވަޑައިގެންދެއްވުންއެދި އާންމުކޮށް އިއުލާންކުރީމެވެ. 

02 އޮގަސްޓް 2022