ޢާންމު މަޢުލޫމާތު
ނަންބަރު: IUL270/270/2022/93
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 13:17
ސުންގަޑި: 23 އޮގަސްޓް 2022 14:00
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލުން އިންތިޒާމް ކުރާ ޤުރުއާން މުބާރާތަށް އިނާމް ހުށަހެޅުމުގެ ފުރުޞަތު

ނަންބަރ:(IUL270/270/2022/93)

އިޢުލާން

 

ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލުން އިންތިޒާމް ކުރާ ޤުރުއާން މުބާރާތަށް އިނާމް ހުށަހެޅުމުގެ ފުރުޞަތު

 

ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލް  އިދާރާއިން އިންތިޒާމް ކުރާ ޤުރުއާން މުބާރާތް އޮގަސްޓު މަހުގެ 25  ވާ ބުރާސްފަތި ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ މިމުބާރާތުގެ ވަނަތަކަށް އިނާމް ހުށަހެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ.

 

އިނާމް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން 2022 އޮގަސްޓް 23 ވަނަ ދުވަހުގެ 14:00 ގެ ކުރިން، އިނާމަށް ހުށަހަޅުއްވާ ތަކެތި ކައުންސިލްގެ އިދާރާ އާއި ޙަވާލުކޮށްދެއްވުމަށް ދަންނަވަމެވެ. އަދި ފައިސާގެ އިނާމް ޓްރާންސްފަރ ކުރަން ބޭނުންވާ ފަރާތްތަކުން ކައުންސިލްގެ އެކައުންޓް 7706700331001 (Revenue 1) އަށް ޖަމާކުރި ފަރާތުގެ ނަމާއި އެޑްރެސް އަދި ކޮން ކަމަކަށްކަން، ރިމަރކްސް ގައި ލިޔުއްވުމަށްފަހު ޓެރާންސްފަރ ކުރެއްވުން އެދެމެވެ. އަދި ޓްރާންސްފަރ ސްލިޕް 9695777 އަށް ވައިބަރ ކުރެއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް ކައުންސިލްގެ އެސިސްޓަންޓް ކައުންސިލް އެގްޒެކެޓިވް ތަސްލީމާ ޢަބްދުލްޣަނީގެ ނަންބަރ 9761919 އާއި ގުޅުއްވުން އެދެމެވެ.

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

4 މުޙައްރަމް 1443

02 އޮގަސްޓް 2022

02 އޮގަސްޓް 2022