މަސައްކަތް
ނަންބަރު: (IUL)30/30/2022/239
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 11:48
ސުންގަޑި: 09 އޮގަސްޓް 2022 13:00
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު

މި މިނިސްޓްރީގެ ދަށުންހިންގާ މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްއިން 4 ވަނަ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް ބޭވުމަށް 13 އަދި 14 އޮގަސްޓް 2022 ވަނީ ހަމަޖެހިފައިއެވެ. މި 2 ދުވަހަށް ކޭޓަރިން ކޮށްދެއްވުމަށް ކުރެވުނު ނަންބަރު (IUL)30/30/2022/230 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި  ނުވާތީ، މި މަސައްކަތަށް އަލުން ހުށަހެޅުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ކުރިމަތި ލެވޭގޮތަށް ހުޅުވާލަމެވެ.

  ޝަޢުގުވެރިވެލައްވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި (އެސް.އެމް.އީ) ތަކަށް ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 09 އޮގަސްޓް 2022 ވާ އަންގާރަ ދުވަހުގެ 1:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ .

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 10:00 އަށެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ،3339282 ،3028703 ،3028700  އަދި 3322242 ނަންބަރު ފޯނަށެވެ.

02 އޮގަސްޓް 2022