ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)420-AS/420/2022/45
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 10:46
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
35،000ރ އިން މަތީގެ އެވާރޑް ކުރެވިފައިވާ ބީލަމާއި ބެހޭ މަޢުލޫމާތު
އިޢުލާން
ދަޢުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ 10.53 މާއްދާގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހާމަކުރުމާއި ބެހޭގޮތުން މިނިސްޓްރީ އޮފް ފިނޭންސްއިން ނެރުއްވާފައިވާ މާލިއްޔަތާއި ބެހޭ ސާރކިއުލަރ ނަންބަރު 13-P/CIR/2020/50 (9 ޑިސެމްބަރ 2020) ގެ "ދައުލަތުގެ އޮފީސްތަކުން އެވޯރޑްކުރާ ޕްރޮކިއުމަންޓްތަކުގެ މަޢުލޫމާތު އާންމުކޮށް ޝާއިރުކުރުމާއި ބެހޭ" ސާރކިއުލާއާއި ހަވާލާދީ ދަންނަވަމެވެ.
އިސްވެދެންނެވުނު ސާރކިއުލާރގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ދަޢުލަތުގެ މާލިއްޔަތު ޤަވާއިދުގެ 10ވަނަ ބާބުގެ ޖަދުވަލް 1 ގެ 3ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަގުގެ ޕްރޮކިއުމަންޓްގެ މަޢުލޫމާތު މި އިޢުލާނާއިއެކު އެއްކަރުދާސްކޮށް އާންމުކުރަމެވެ.
02 އޮގަސްޓް 2022