މަސައްކަތް
ނަންބަރު: (IUL)257/257/2022/67
ޕަބްލިޝްކުރި ތާރީޚް: 01 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 08:16
ސުންގަޑި: 04 އޮގަސްޓް 2022 11:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު ޢާޘާރީ މިސްކިތުގެ މަރާމާތު

                މި އިދާރާއިން އުވަ ދިނުމުން މިރަށު އާޘާރީ މިސްކިތާއި، މުންނާރުގައި އުވަޔާއި ތެޔޮ އުނގުޅަން ބޭނުން ވެއްޖެއެވެ.

                  ވީމާ، މިއިދާރާއިން އަންގާ ގޮތަށް މި މަސައްކަތް ކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް (އަގުހުށަހަޅާ ފޯމް) ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް ފޮނުވޭނެއެވެ.

                ބީލަމުގައި ބައިވެރިވާން އެދޭފަރާތްތަކުން މިކައުންސިލް އިދާރާގެ އީމެއިލް[email protected] އަށް މައުލޫމާތު ފޮނުއްވައިގެން ނުވަތަ އިދާރާއަށް ދުރުވެ ރަޖިސްޓަރ ކުރެއްވުން އެދެމެވެ. ރަޖިސްޓަރ ކުރެވުނުކަން ކަށަވަރުކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ. ރަޖިސްޓަރ ކުރުމަށް ފޮނުވާ މެއިލްގައި ނުވަތަ އިދާރާއަށް ހުށަހަޅާ ލިޔުންތަކުގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތު:

  އިޢުލާން ނަމްބަރު: (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

  1. ބީލަން ހުށަހަޅާފަރާތުގެ/ކުންފުނީގެ/ ވިޔަފާރީގެ ނަމާއި ރަޖިސްޓްރޭޝަން ނަމްބަރު: (ރަޖިސްޓްރީގެ ކޮޕީއަކާއި އެކު ފޮނުވުމަށް)
  2. ގުޅޭނެ ފޯނު ނަމްބަރު:
  3. އީ މެއިލް އެޑްރެސް: (މައުލޫމާތު ކަރުދާސް ފޮނުވާނެ އީމެއިލް)
  4. އީ މެއިލް ފޮނުވާ ފަރާތުގެ ނަމާއި މަޤާމް:

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން.

04 އޯގަސްޓް 2022 ވަނަ ދުވަހުގެ 11.00 ގެ ނިޔަލަށް

ޕްރި-ބިޑް ބައްދަލްވުން.

05 އޯގަސްޓް 2022 ވަނަ ދުވަހުގެ 11.00 ގައި ހއ. ބާރަށު ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައި.

ބީލަން ބަލައިގަތުން.

09 އޯގަސްޓް 2022 ދުވަހުގެ 11.00 ގެ ނިޔަލަށް.

ބީލަންތައް ހުޅުވުން.

09 އޯގަސްޓް 2022 ވަނަ ދުވަހުގެ 11.00 ގައި ހއ. ބާރަށު ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައި.

 

                   މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.  

 

                   03  މުޙައްރަމް 1444

                   01  އޯގަސްޓް  2022

01 އޮގަސްޓް 2022