ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)459-DR/1/2022/212
ޕަބްލިޝްކުރި ތާރީޚް: 01 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 16:34
ސުންގަޑި: 08 އޮގަސްޓް 2022 16:00
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުޅުވާލުން

އިޢުލާން

 

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބު

 

ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ފުރުސަތު ހުޅުވާލުން

 

2022 އޮގަސްޓް 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް 2022 އޮގަސްޓު 01 ވާ ހޯމަ ދުވަހުގެ 16:00 އިން ފެށިގެން،2022އޮގަސްޓް 08 ވާ ހޯމަ ދުވަހުގެ 10:00ގެ ނިޔަލަށް އެ ފުރުޞަތު ހުޅުވާލައިފީމެވެ.

ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީވުމަށް (ރީ-ރަޖިސްޓަރީވުމަށް) އެދި ހުށަހަޅާނީ އޮންލައިންކޮށް  https://forms.office.com/r/Se51RdguKGނުވަތަ https://forms.office.com/r/7R8hhsAHuE  ލިންކު މެދުވެރިކޮށެވެ. މީގެ އިތުރުން މި މިނިސްޓްރީއަށް ވަޑައިގެން ފޯމު ހުށަހަޅައިގެން އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު މެއިލްކުރާނަމަ މެއިލްކުރާނީ މި މިނިސްޓްރީގެ [email protected] މެއިލަށެވެ. ފުރިހަމަ ކުރަންޖެހޭ ބައެއް ފުރިހަމަ ކުރެވިފައި ނުވާނަމަ ފޯމް ބާޠިލު ކުރެވޭނެއެވެ.  

އަދި ދަންނަވަމެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ރީ-ރަޖިސްޓްރީވުމަށް އެދި ހުށަހެޅޭނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ވޯޓު ދިނުމުގެ ޙައްޤުލިބިފައިވާ 18 އަހަރުންމަތީގެ ފަރާތްތަކަށެވެ. މިގޮތުން ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ ފަރާތްތަކުގެ މަޢުލޫމާތު މިއިޢުލާނާއި އެކު އާންމުކުރީމެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރީ-ރަޖިސްޓަރީވުމަށް އެދޭ ފޯމު މިމިނިސްޓްރީގެ ވެބްސައިޓް www.gender.gov.mv އިން ލިބޭނެ ވާހަކަ ދެންނެވީމެވެ.

 

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

01 އޮގަސްޓް 2022