ދިވެހިރާއްޖެ
ރޭޓަރ މާލެ ސަރަހައްދުގައި ބޭނުންކުރާ އެއްގަމު އުޅަނދުގެ ރޯޑްވާދިނަސް ހަދައިދޭނެ ގަރާޖު މި މިނިސްޓްރީގައި ރަޖިސްޓަރީ ކުރުމަށް ބެނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރި ވެވަޑައިގަންނަވާ ފަރާތްތަކުން 10 އޮގަސްޓް 2022 ވާ ބުދަ ދުވަހު މެންދުރު 12:00 ގެ ކުރިން މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު admin @transport.gov.mv މި އީމެއިލްއަށް އަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި، މީގެ ކުރިން ރޯޑްވާދިނަސް ގަރާޖުގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ ޝަރުތު ފުރިހަމަވާ ގަރާޖުތައް ވެސް އަލުން ރަޖިސްޓްރީ ކުރުމަށާ ކުރިން ރަޖިސްޓަރީ ކުރެވިފައިވާ ގަރާޖުތަކުގެ ތެރެއިން ޝަރުތު ފުރިހަމަ ނުވާ ގަރާޖުތަކުގެ ހުއްދަ ބާޠިލް ކުރެވޭނެ ކަމުގައިވެސް ދަންނަވަމެވެ.
އަދި ބަޔާން ކޮށްފައިވާ ވަގުތުގެ ފަހުން ހުށަހަޅުއްވާ އެއްވެސް ހުށަހެޅުއްވުމެއް މި މިނިސްޓްރީއިން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.