ދިވެހިރާއްޖެ
މި ކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމު: އެސިސްޓެންޓް މެނޭޖަރ / މެނޭޖަރ
އަދަދު: 01
އަސާސީ މުސާރަ: ހަމަޖައްސާނީ ތަޢުލީމީ ފެންވަރަށާއި އަދި ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ބެލުމަށްފަހު
މަސައްކަތް ކުރަންޖެހޭ ތަން: ފިއުލް ޑިސްޓްރިބިޔުޝަން ސެންޓަރ / ކ.ފުނަދޫ
އެހެނިހެން އިނާޔަތްތައް:
* އިތުރު އެލަވަންސް: 2500ރ އާއި 3000ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
* އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
* މަތީ ތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
* ޕެންޝަން
* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.
* މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށް ފަހު)
މަޤާމުގެ މަސްއޫލިއްޔަތު:
- ފުނަދޫގައި ގެންގުޅޭ އިލެކްޓްރިކަލް އަދި މެކޭނިކަލް މެޝިނަރީއަށް ދިމާވާ މައްސަލަ ހައްލުކުރުން
- ފުނަދޫ އިލެކްޓްރިކަލް ނެޓްވާރކް އަދި ޕަވަރ ހައުސް ކަންތައްތައް ސުޕަވައިޒް ކުރުން
- ޑިޕާޓްމަންޓުގެ މާކެޓިންގ ހަރަކާތްތަކުގައި ބައިވެރިވުން
ތަޢުލީމީ ތަޖުރިބާ:
* މެކޭނިކަލް / އިލެކްޓްރިކަލް އިންޖިނިއަރިންގގެ ދާއިރާއިން ޑިޕްލޮމާ ނުވަތަ ޑިގްރީއާ އެއް ފެންވަރުގެ ސަނަދެއް ފުރިހަމަ ކޮށްފައިވުން
* އިނގިރޭސި އަދި ދިވެހިބަހުން މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން
* މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މީހަކު ކަމުގައިވުން
* މި މަޤާމަށް މުވައްޒަފަކު ހޮވުމުގައި ތަޖުރިބާ ލިބިފައިވާ ފަރާތަކަށް އިސްކަންދެވޭނެއެވެ.
މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2014 އޮކްޓޫބަރު 16 (ބުރާސްފަތި) ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑްއޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
http://www.stomaldives.com/downloads/ :އެސްޓީއޯ ވެބްސައިޓް
ނޯޓް:
އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް:
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑްއޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯން: 3344261 ފެކްސް: 3344041 ވެބްސައިޓް: www.stomaldives.com