ދިވެހިރާއްޖެ
މިކުންފުނީގެ ތިރިގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމު: އެސިސްޓެންޓް ސޭލްސް ރެޕްރެޒެންޓޭޓިވް ގރ.1
އަދަދު: 1
މުސާރަ: 3380.00ރ
މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ ހދ. ކުޅުދުއްފުށި ފިހާރަ (ގޭސް އޮޕަރޭޝަންސް)
އެހެނިހެން އިނާޔަތްތައް:
* އިތުރު އެލަވަންސް: 1500.00ރ އާއި 2500.00ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
* އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
* ހަމަޖެހިފައިވާ އުސޫލުން އެޓެންޑަންސް އެލަވަންސް ލިބޭނެއެވެ.
* ޕެންޝަން
* ދާއިމީ ވުމުން ސްޓާފް އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތު:
* ބިލްތައް ހެދުމާއި ކައުންޓަރުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެހީތެރިވުން
* ކަސްޓަމަރުންނަށް އެޓެންޑް ކުރުމާއި އަދި ކަސްޓަމަރުން އިތުރު ކުރުމަށް މަސައްކަތް ކުރުން
* ގޭސް ޑެލިވަރ ކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުން
* ޑެލިވަރ ކުރެވޭ ގޭސް އަދި ގުދަނުގައި ހުންނަ ބާކީ އަދަދު ޗެކުކޮށް ބެލެހެއްޓުން
ތަޢުލީމާއި ތަޖުރިބާ:
* ޖީ.ސީ.އީ އޯލެވެލްގެ 2 މާއްދާ އާއެކު އެސް.އެސް.ސީ އިމްތިޙާނުން ދިވެހިން "ސީ" އަށްވުރެ މަތިން ފާސްވެފައިވުން ނުވަތަ އެއަށްވުރެ މަތީފާހެއް އޮތުން
* ގިނަވަގުތު މަސައްކަތުގައި އުޅެވޭ މަޤާމާ ގުޅޭ ދާއިރާއަކުން މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 14 އޮކްޓޫބަރު 2014ވާ އަންގާރ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑްއޮފީހުގެ ކައުންޓަރުންނާއި އެސްޓީއޯ 165 ހދ. ކުޅުދުއްފުށި ފިހާރައިންނާއި އަދި އެސްޓީއޯގެ ވެބްސައިޓުން: www.stomaldives.com ލިބިވަޑައިގަންނަވާނެއެވެ.
ނޯޓް:
އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ. މި މަޤާމަށް މުވައްްޒަފުން ހޮވުމުގައި ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަަކަށް ބެލުމަށްފަހު ޝަރުޠު ހަމަވާ އެޕްލިކޭޝަނެއް ނުލިބިއްޖެނަމަ މަސައްކަތު ތަޖުރިބާއަށާއި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެއް ހޮވޭނެއެވެ.
ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް:
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕލކ ހެޑްއޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯން: 3344272 ފެކްސް: 3344041
އެސްޓީއޯ 165 ނަންބަރު ފިހާރަ
ރިންގްރޯޑް، ދެކުނުއަވަށް، ހދ. ކުޅުދުއްފުށި
ފޯން: 6528277.
ވެބްސައިޓް: www.stomaldives.com