ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)447-CS1/1/2014/17
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 13:21
ސުންގަޑި: 20 އޮކްޓޫބަރު 2014 15:00
ޕަބްލިކް ވަރކްސް ސަރވިސަސް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމުތަކަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ޖީ.އެސް 3 / އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު

02

ވަޒީފާ އަދާކުރަންޖެހޭ ރަށް / އޮފީހާއި، ޔުނިޓް

ކޯޕަރޭޓް ސެކްޝަން /  ޕަބްލިކް ވަރކްސް ސަރވިސަސް / މާލެ

މުސާރައާއި ޢިނާޔަތްތައް

މުސާރަ: -/4,465 ރ.

ސަރވިސް އެލަވަންސް: -/1,500 ރ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: މުސާރައިގެ %35

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ.)

ޝަރުޠު

1. އެޑްމިނިސްޓްރޭޝަން/މެނޭޖަމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މެނޭޖްމަންޓް މީޓިންގ ތައް އިންތިޒާމް ކުރުމާއި، މީޓިންގ ތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  2. ސެކްރެޓޭރިއޭޓަށް އަންނަ ފޯން ކޯލްތަކަށް ޖަވާބުދިނުމާއި، އޮފީހުގެ އެކި ޔުނިޓުތަކުގެ ވެރިންނަށާއި، އަދި ޢާންމު ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުމާއެކު އޮފީހުގެ އިސްވެރިންގެ އަންނަ އެޕޮއިންޓްމަންޓުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރުން.
  3. އޮފީހުގެ މަސައްކަތްތަކުގެ ޔައުމިއްޔާ ލިޔުމަށް ބޭނުންވާ މަޢުލޫމާތު އެހެނިހެން ޔުނިޓުތަކުން ހޯދައި، ޔައުމިއްޔާ ލިޔެ ތައްޔާރުކުރުން.
  4. އެކި ގޮތްގޮތުން ތައްޔާރު ކުރަންޖެހޭ ރިޕޯޓުތައް އެކުލަވާލުމާއި، ކަމާބެހޭ ދާއިރާތަކަށް ހުށަހެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  5. އޮފީހުގެ އަހަރު ރިޕޯޓު ލިޔުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، ރިޕޯޓު ތައްޔާރުކުރުން.
  6. އޮފީހުގެ އެކިއެކި ސިޔާސަތުތަކާއި، އުޞޫލުތައް އެކަށައެޅުމުގައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، މިފަދަ ކަންކަމަށް މުވައްޒަފުން އަހުލުވެރި ކުރުވުން.
  7. އެންޓްރީ އަދި ޑިސްޕެޗް ޕޮލިސީއާ އެއްގޮތަށް، އެ މަސައްކަތް ހިންގުމަށްޓަކައި ދުވަހުން ދުވަހަށް ނިންމަންޖެހޭ މަސައްކަތްތައް ނިންމުމާއި އޮފީހަށް ލިބޭ ލިޔެކިއުމާއި ތަކެތި މަރުކަޒީ އުޞޫލުން އެކި ފަރާތްތަކަށް ރައްދުކުރުމުގެ މަސައްކަތް ވެރިންގެ މަޝްވަރާއާއެކު ކުރުން.
  8. އިތުރުގަޑީގައި މަސައްކަތްކުރާ މުވައްޒަފުންގެ ރެކޯޑްސް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  9. އޮފީހުގެ މުވައްޒަފުންގެ ހާޒިރީ، ސަލާމް އަދި ޗުއްޓީއާ ބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމާއި މުވައްޒަފުންގެ ޕަރސަނަލް ފައިލްތައް އަޕްޑޭޓުކޮށް ބެލެހެއްޓުން.
  10. އެހެނިހެން ޔުނިޓުތަކަށް އިދާރީގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  11. މީގެ އިތުރުން ކުރަންޖެހުނު އޮފީހުގެ ކޮންމެ ކަމެއް ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސަރވިސަސްގެ ނަންބަރު 3323537 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

1. ތައުލީމާއި ތަމްރީނު.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަވިއު.

4. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.

5. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

6. މާލިއްޔަތު ޤާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު:

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޕަބްލިކް ވަރކްސް ސަރވިސަސްއަށް (އަމީނީމަގު، މާފަންނު / މާލެ)
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 20 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން.

އިންޓަރވިއު ކުރުން

  • މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ އޮކްޓޫބަރު - ނޮވެންބަރު 2014 އާ ދެމެދުގެ ތާރީޚެއްގައި މި ސަރވިސަސް ގައެވެ.
  • އިންޓަވިއު އަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެ ފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޕަބްލިކް ވަރކްސް ސަރވިސަސްގެ މާލެ އޮފީހުންނެވެ)
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

08  ޛުލްޙިއްޖާ  1435

02 އޮކްޓޫބަރު 2014