ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާއަށް އެޗް އާރް ސިސްޓަމް އެއް ހޯދުމަށް ބޭނުން ވެއްޖެއެވެ. ވީމާ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
- ހޯދަން ބޭނުންވާ ތަކެތި / ޚިދުމަތުގެ ތަފްސީލް
- 300 މުވައްޒަފުންގެ ބޭނުމަށް އެޗް އާރް ސިސްޓަމް
- 03 އަހަރު ދުވަހުގެ މުއްދަތަށް އެޗް އާރް ސިސްޓަމް މެއިންޓެނަންސް އާއި ސަޕޯޓް
2. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 01 އޯގަސްޓް 2022 އިން 07 އޯގަސްޓް 2022 ގެ 10:00 އަށް މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) މެއިލްކޮށްދެއްވުން އެދެމެވެ.
3. މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް މި އިޢުލާނާއި އެކު ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.
4. ބީލަމާއި ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 08 އޯގަސްޓް 2022 ވާ ހޯމަ ދުވަހުގެ 11:00 ގައި ކައުންސިލްގެ މީޓިންގް ރޫމްގައި ޒޫމް މެދުވެރިކޮށް އޮންލައިން ކޮށެވެ. (ބީލަމުގައި ބައިވެރިވާ ފަރާތްތަކަށް ޒޫމް މީޓިންގްގެ ލިންކް ހިއްސާކުރެވިގެންދާނެއެވެ. )
5. މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 10 އޯގަސްޓް 2022 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 10 އޯގަސްޓް 2022 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
6. ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 14 އޯގަސްޓް 2022 ވާ އާދިއްތަ ދުވަހުގެ 10:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލް،
ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.
ފޯން: 6862830، 6862829
އީމެއިލް: [email protected]
03 މުޙައްރަމް 1444
01 އޯގަސްޓް 2022