ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)334/334/2022/42
ޕަބްލިޝްކުރި ތާރީޚް: 01 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި: 09 އޮގަސްޓް 2022 13:00
މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ވަޒީފާގެ ފުރުޞަތު:

މަޤާމު:   ޕްރީސްކޫލް ޓީޗަރ 

ބޭނުންވާ އަދަދު: 4 (ހަތަރެއް)

ވަޒީފާ އޮތް އޮފީސް/އިދާރާ:   ދޮންބަންޑާރައިން ޕްރީސްކޫލް/ ކ.ހުރާ (މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ)

ގިންތި: ދާއިމީ

ވަޒީފާ އަދާކުރަންޖެހޭތަން:   ދޮންބަންޑާރައިން ޕްރީސްކޫލް/ ކ.ހުރާ

މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދަރިވަރުންނަށް ކިޔެވުމަށް ފަސޭހަ، އޯގާތެރި، ރައްކާތެރި މާޙައުލެއް ޤާއިމުކުރުން.
  2. ކުލާހާއި ކުލާހުން ބޭރުގައި ދަރިވަރުންގެ އަޚްލާޤާއި، ދަރިވަރުންގެ ރައްކާތެރިކަން ބެލެހެއްޓުން.
  3. ދަރިވަރުންނަށް އިތުރު އެހީ ބޭނުންވާ ދާއިރާތައް ދެނެގަނެ، އެ ކުދިންނާއި ގުޅޭގޮތުން ފިލާވަޅުތައް ތައްޔާރުކުރުން.
  4. ދަރިވަރުގެ ނުކުޅެދުންތެރިކަމާ ގުޅޭގޮތުން، މަޝްވަރާ ހޯދަންޖެހޭ ފަރާތްތަކާ މަޝްވަރާކުރުން.
  5. ދަރިވަރުގެ ކިޔެވުމާއި ގުޅޭގޮތުން ބެލެނިވެރިޔާއަށާއި ސްކޫލްގެ އިސްފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ދިނުން
  6. ކުލާހުން ބޭރުގައި ހިންގާ، ކިޔަވައިދިނުމާ ގުޅުންހުރި ކަންތައްތައް ހިންގުމުގައި ސްކޫލަށް އެހީތެރިވުން
  7. ޓީޗަރުން ނެތް ހާލަތްތަކުގައި، ސްކޫލްގެ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާއާއެކު އެ ޓީޗަރުންގެ މަސްއޫލިއްޔަތުތައް އަދާކުރުން
  8. ދަރިވަރުން ޙާސިލްކުރާ މިންވަރާއި ކުރިއެރުމުގެ ރެކޯޑްތައް ބެލެހެއްޓުން.
  9. ކިޔަވައިދިނުމުގައި ބޭނުންކުރާ ލެސަން ޕްލޭންތަކާއި ޕްރެކްޓިކަލް މަސައްކަތްތަކާއި ކްލާސްރޫމްގެ މާހައުލު އަދި އިތުރު ހަރަކާތްތައް ރޭވުން.
  10. ދަރިވަރުންނަށް ޙާސިލްވި މިންވަރު ނުވަތަ ކުރިއެރުމާބެހޭ ގޮތުން ބެލެނިވެރިންނާއި، ސްކޫލްގެ ވެރިންނާއި ތަޢުލީމީ ދާއިރާގެ ފަރާތްތަކަށް ބޭނުންވާނެ

މަޢުލޫމާތު ހިއްސާ ކުރުން.

11. މީގެ އިތުރުންވެސް ބޭބީ ނާސަރީ އަދި ނާސަރީ ކްލާސްތަކުގެ ދަރިވަރުންނަށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކިޔަވައިދިނުމާ ގުޅޭގޮތުން ކުރަންޖެހޭ

އެންމެހައި މަސައްކަތްތައް ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު           

- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް

 

 ވަޒީފާއަށް އެދެންވީ ގޮތާއި ސުންގަޑި:        

   މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 އޯގަސްޓް 2022 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމު

ފުރިހަމަކޮށް މިއިރާއަށް ހުށައެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދި ހުށައަޅާ ފޯމާއި ލިޔުންތައް މިއިދާރާގެ

މެއިލް: [email protected] އަށް ފޮނުއްވުމުންވެސް ބަލައިގަނެވޭނެއެވެ. ވަޒީފާއަށް އެދި ހުށައަޅާ ފޯމު މިއިދާރާގެ ކައުންޓަރުން

ލިބެން ހުންނާނެއެވެ.

 

އިންޓަވިއު ކުރުން އޮންނާނެ ތަނާއި މުއްދަތު:

     މި މަޤާމުތަކަށް މީހުން ނެގުމަށް ބާއްވާ އިންޓަވިއުކުރުން އޮންނާނީ 10 އޯގަސްޓް 2022 އާއި 15 އޯގަސްޓް 2022 އާއި ދެމެދު

ތާރީޚެއްގައި މާލެއަތޮޅު ހުރާ ކައުންސިލް އިދާރާގައެވެ.

      މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6640074 ނަންބަރ ފޯނާއެވެ. މެއިލް ކުރައްވާނީ

[email protected] މެއިލް އެޑްރެހަށެވެ. ވީމާ  މިކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

01 އޮގަސްޓް 2022