ވަޒީފާގެ ފުރުޞަތު
ނަންބަރު: 145-A/2014/74
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 13:10
ސުންގަޑި: 21 އޮކްޓޫބަރު 2014 14:00
ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

ރޭންކް: އެމް.އެސް 3

އަދަދު

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން

ކްރިމިނަލް ކޯޓު

އަސާސީ މުސާރަ

-/7035 ރުފިޔާ (ހަތްހާސް ތިރީސްފަހެއް ރުފިޔާ)

މި މަޤާމަށް ލިބޭ އެލަވަންސް

ސަރވިސް އެލަވަންސް -/2000 (ދެހާސް ރުފިޔާ) އަދި ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %40 އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިގްރީ ހާސިލުކޮށްފައިވުން، ނުވަތަ

2. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، އެމް.އެސް 2 ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

  1. ބަޖެޓް އެކައުންޓުން ކުރެވޭ ޚަރަދުތަކުގެ ހިސާބު ބެލެހެއްޓުމުގެ އެންމެހާ މަސައްކަތްތައް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިންތިޒާމުކޮށް ބެލެހެއްޓުން.
  2. ބަޖެޓުގެ ޚަރަދު ކޯޑުތަކުގައި ފައިސާނެތިއްޖެ ޙާލަތެއްގައި، ފައިސާ އެއްކޯޑުން އަނެއްކޯޑަށް ބަދަލުކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް އިންތިޒާމުކުރުން.
  3. ޑިޕޮސިޓްގެ ގޮތުގައި ބެހެއްޓޭ ފައިސާގެ ތެރެއިން ދޫކުރަންޖެހޭ ފައިސާ ދޫކުރުމުގެ އެންމެހާ މަސައްކަތްތައް ބެލެހެއްޓުން.
  4. ކޯޓުން އިންތިޒާމްކުރާ ބޭރު ދަތުރުތަކާއި ހޯދަންޖެހޭ ހަރުމުދަލާއި ކުރަންޖެހޭ މަރާމާތްތަކާއި ގުޅިގެން ބަޖެޓް އެކައުންޓުން ޚަރަދުކުރުމަށްޓަކައި ނަގަންޖެހޭ ހުއްދަ ހޯދުމުގެ މަސައްކަތް އިންތިޒާމްކޮށް ބެލެހެއްޓުން.
  5. ޕެޓީކޭޝް ފައިސާއިން ކުރެވޭ ޚަރަދުތައް ކުރަނީ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލައި ޗެކުކޮށް، ހަމަޖެހިފައިވާ ގަވާއިދުގެ މަތިން އެކަންތައްތައް ބެލެހެއްޓުން.
  6. ފައިސާ ބަލައިގަތުމާއި ދޫކުރުމުގެ އެންމެހާ މަސައްކަތްތަކެއް ބެލެހެއްޓުން.
  7. ލިބޭ ފައިސާއާއި ޚަރަދުވާ ފައިސާގެ ހިސާބުތައް ގަވާއިދުން ބެލެހެއްޓެމުގެ މަސައްކަތްތައް ޗެކުކުރުން.
  8. ގަވާއިދާ އެއްގޮތަށް ތިޖޫރީގެ ހިސާބުތައް ބެލެހެއްޓުމުގެ މަސައްކަތްތައް ޗެކުކުރުން.
  9. ޖޫރިމަނާ ފައިސާއާ ގުޅޭ ހިސާބުތައް ބެލެހެއްޓުމުގެ އެންމެހާ މަސައްކަތްތައް އިންތިޒާމުކޮށް ބެލެހެއްޓުން.
  10. ކޯޓަށް އެކި ގޮތްގޮތުން ލިބޭ ފައިސާ ގަވާއިދުން ބޭންކަށް ޖަމާކުރުމުގެ މަސައްކަތްތައް ބެލެހެއްޓުން.
  11. އާމްދަނީ ފައިސާއާއި ބަޖެޓް އެކައުންޓުން ޚަރަދުވާ ފައިސާގެ ރިޕޯޓުތައް ގަވާއިދުން ފޮނުވުމުގެ މަސައްކަތްތައް ބެލެހެއްޓުން.
  12. ކޭޝްފްލޯއާއި ރިކޮންސިލޭޝަން ސްޓޭޓްމަންޓް ތައްޔާރުކުރުމުގެ މަސައްކަތްތައް އިންތިޒާމްކޮށް ބެލެހެއްޓުން.
  13. ކޮންމެ އަހަރަކު ކުރިއަށް ލަފާކުރާ އާއަހަރުގެ ބަޖެޓް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކާއި ޙިއްސާކުރުން.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި

1. ފުރިހަމަ ކޮށްފައިވާ، ޝަރުޢީދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭ ފޯމު

2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް އަދި ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާއި އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭ ގޮތަށް)

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4. މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ

5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މިބަޔަށް މާކްސް ދިނުމުގައި ގުނޭނީ ސަރުކާރުގެ މުއައްސަސާތަކުގައި ވަޒީފާ އަދާކޮށްފައިވާނަމައެވެ. މި ލިޔުމުގައި އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގައި ވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.)

ސުންގަޑި

21 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 14:00

އިތުރު މަޢުލޫމާތު

  • މި މަޤާމުގެ އިންޓަވިއުއަށް ދައުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ޝޯޓްލިސްޓު ކުރެވޭނީ ތަޢުލީމީ ސެޓުފިކެޓު ތަކަށާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ 20 ފަރާތެވެ.
  • ވަޒީފާއަށް އެދޭ ފޯމު މިކޯޓުގެ ކައުންޓަރުންނާއި، މިކޯޓުގެ ވެބްސައިޓް: www.criminalcourt.gov.mv އިން ލިބެން ހުންނާނެއެވެ. 
  • މިކޯޓުގެ ނަންބަރު: (04.09.2014) 145-A/2014/70 އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް ވަޒީފާއަށް މީހުން ކުރިމަތިލާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށްފީމެވެ.
08 އޮކްޓޫބަރު 2014