ދިވެހިރާއްޖެ
`
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ހއ.އުލިގަން،ދިވެހިރާއްޖެ
ނަމްބަރ: 245/245/2022/44(IUL)
އިޢުލާން
އަންދާސީ ހިސާބު ހޯދުން
ހއ.އުލިގަމުގެ ބައެއް މަގުތަކުގައި މަގުބައްތި ޖެހުމަށް ބޭނުންވާތީ، އެމަސައްކަތް ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 09 އޮގަސްޓު 2022 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 16 އޮގަސްޓު 2022 ވާ އަންގާރަ ހެނދުނު 11:00 އަށް މިއިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މިމަސައްކަތް ކުރުމަށް ކުރިމަތި ލެވޭނީ ޤާނޫނު ނަމްބަރު: 18/2014 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ނަމްބަރު: 19/2014 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 16 އޮގަސްޓު 2022 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކާއި ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވާމީހާގެ އައިޑީ.ކާޑުގެ އަސްލާއެކު ސިޓީއެއް ހިފައިގެން ހާޟިރުވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
03 މުޙައްރަމް 1444
01 އޯގަސްޓް 2022