ބީލަން
ނަންބަރު: IUL/GS139/2022/11
ޕަބްލިޝްކުރި ތާރީޚް: 01 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 11:58
ސުންގަޑި: 08 އޮގަސްޓް 2022 11:00
ބ. ގޮއިދޫ ސްކޫލް، ބ. ގޮއިދޫ
ދިވެހިރާއްޖެ
ކުލާސްރޫމްތަކުގައި ފަންކާ ހަރުކުރުން

ސްކޫލްގެ ކުލާސްރޫމް ތަކުގައި ފަންކާ ހަރުކުރުން

            މިސްކޫލްގެ 4 ކުލާސްރޫމްގައި 12 ފަންކާ (ކުލާހަކު 3 ފަންކާ) މައިގަނޑު ތަކެތި ސްކޫލުން ދިނުމުން  އަމިއްލަތަކެތީގައި ބުޅި ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

       ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ދިނުމާއި އަންދާސީހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުން އޮންނާނީ މި ސްކޫލުގައެވެ.

       މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި ތިރީގައި މިވަނީއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ބިޑް ހުށަހެޅުމުގެ ބައްދަލުވުން

04 އޮގަސްޓް 2022 ވާ ބުރާސްފަތި ދުވަހު 00؛11

08 އޮގަސްޓް 2022 ވާ ހޯމަ ދުވަހު 11:00

       މައުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެފަރާތަކީ ކާކުކަން ބަޔާންކޮށް، އެފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި ދުރުވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.

       މައުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށާއި، ދެންވިފައިވާ ގަޑީގެ ކުރިންނާއި ފަހުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.

01 އޮގަސްޓް 2022