މަސައްކަތް
ނަންބަރު: GS76/IUL/2022/20
ޕަބްލިޝްކުރި ތާރީޚް: 01 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 11:01
ސުންގަޑި: 10 އޮގަސްޓް 2022 11:00
ބާރަށު ސްކޫލް، ހއ. ބާރަށް
ދިވެހިރާއްޖެ
މިސްކޫލުގެ ކޮމްޕިއުޓަރ ލެބަށް 20 ގޮނޑިއާއި 20 މޭޒު އަމިއްލަތަކެތީގައި ހޯދައިދެއްވާނެ ފަރާތެއް ބޭނުންވެއެވެ.

އަންދާސީހިސާބު ބޭނުންވެއްޖެ:

މިސްކޫލުގެ ކޮމްޕިއުޓަރ ލެބަށް 20 ގޮނޑިއާއި 20 މޭޒު އަމިއްލަތަކެތީގައި ހޯދައިދެއްވާނެ ފަރާތެއް ބޭނުންވެއެވެ.

      ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 4 އޮގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ބާރަށު ސްކޫލް އޮފީހަށް ޙާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށައެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފްކުރާ ފަރާތްތަކަށެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން އެނގޭނެފަދަ ސިޓީއެއް، އަދި ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކުން ފޮނުވާނަމަ އެއީ ކޮން ކުންފުންޏެއް ނުވަތަ ކޮން ނަމެއްގައިވާ ވިޔަފާރިއަކުންކަން އެނގޭނެ ކުންފުނީގެ، ވިޔަފާރީގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދި ދަންނަވަމެވެ. މިމަސައްކަތަށް އެދި ކުރިމަތިލައްވާ ފަރާތަކީ އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް އެއް ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީ އުރައިގެ ބޭރުގައި " ހއ. ބާރަށު ސްކޫލުގެ ކޮމްޕިއުޓަރ ލެބަށް ގޮނޑިއާއި މޭޒު ހޯދައިދޭނެފަރާތެއް ހޯދުމަށް" މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ބިޑު ހުށައަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯނު ނަންބަރު ސިޓީއުރައިގެ ބޭރުގައި އޮންނަންވާނެއެވެ.

01 އޮގަސްޓް 2022