ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-CB/1/2022/214
ޕަބްލިޝްކުރި ތާރީޚް: 01 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 01:39
ސުންގަޑި: 01 ސެޕްޓެންބަރު 2022 00:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ ސިޓީ ކައުންސިލްގެ ޑިޖިޓަލް ޕޯޓަލް " މާވެހި " ބޭނުންކުރަން ފެށުމާ ގުޅޭ

‘މާވެހި’ ޕޯޓަލް އަކީ މާލެ ސިޓީ ކައުންސިލްގެ ފަރާތުން މާލެ ސިޓީގެ ރައްޔިތުންނަށް އަވަސް ސްޕީޑެއްގައި ޚިދުމަތް ދިނުމަށާއި ހަރުދަނާ ސިސްޓަމެއްގެ ތެރެއިން  އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކަށް  ޚިދުމަތް ދިނުމުގައި އެހީތެރިވުމުގެ ގޮތުން ތައްޔާރުކުރެވިފައިވާ ޕޯޓަލްއެކެވެ. މި ގޮތުން  ޕޯޓަލްގެ ތެރެއިން ޚިދުމަތް ދިނުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ، 01 އޮގަސްޓް 2022 ގައެވެ. އަދި މި ޕޯޓަލް މެދުވެރިކޮށް ޚިދުމަތަށް ހުޅުވާލެވޭ  ފުރަތަމަ ހަފްތާ ތެރޭގައި މި ކައުންސިލްއިން ދެމުންގެންދާ ގިނަ ޚިދުމަތްތަކަށް އެދި އެޕްލައި ކުރެވޭނެ މަގު ފަހިކުރެވިފައިވާނެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މި ކައުންސިލްއިން ދެމުންދާ ހުރިހާ ޚިދުމަތްތަކަކަށް ޕޯޓަލް މެދުވެރިކޮށް އެދުމުގެ ފުރުސަތު ހުޅުވިގެންދާނެ ވާހަކަ ދެންނެވީމެވެ.

01 އޮގަސްޓް 2022