މަސައްކަތް
ނަންބަރު: (IUL)30-G/1/2014/106
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 09:00
ސުންގަޑި: 16 އޮކްޓޫބަރު 2014 12:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ޕްރޮޖެކްޓެއްގެ ބޭސްލައިން ސްޓަޑީ ހައްދަވައިދެއްވާނެ ފަރާތެއް ހޯދަން

ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު

އިންޓަރނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގެ އެހީގައި މިމިނިސްޓްރީއިން ހިންގަމުންދާ މެރިކަލްޗަރ އެންޓަރޕްރައިސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ  "ބޭސްލައިން ސްޓަޑީ" ހައްދަވައިދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މިމަސައްކަތާ ގުޅޭ ޑޮކިއުމަންޓް "ރިކުއެސްޓް ފޯ ޕްރޮޕޯޒަލް އެންޑް ޓާރމްސް އޮފް ރިފަރެންސް ފޯ ބޭސްލައިން ސްޓަޑީ" މިމިނިސްޓްރީގެ ނަންބަރު 3341836 ފޯނާ ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރައްވައިގެން ހޯއްދެވުން އެދެމެވެ. މިޑޮކިއުމެންޓުގައިވާ ގޮތުގެ މަތިން ބޭސްލައިން ސްޓަޑީ ހެދުމުގެ ޕްރޮޕޯޒަލް ތައްޔާރުކުރައްވައި، މިމިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ސުންގަޑިއަކީ 16 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 12:00 އެވެ.

12  ޛުލްޙިއްޖާ 1435

06 އޮކްޓޫބަރު 2014