ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-CB/1/2022/210
ޕަބްލިޝްކުރި ތާރީޚް: 26 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 21:49
ސުންގަޑި: 26 ސެޕްޓެންބަރު 2022 00:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
“ގެދޮރުވެރިޔާ” އަދި “ބިންވެރިޔާ” ޕްރޮގްރާމް ދަށުން ހުށަހަޅަންޖެހޭ ފޯމު ފުރުމުގައި މާލޭ ސިޓީކައުންސިލުން އެހީތެރިކަން ފޯރުކޮށްދިނުން

 މާލެ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމަށް ހުޅުވާލެވިފައިވާ މުއްދަތުގައި ފޯމުލުމަށް ބޭނުންވާ ފަރާތްތަކަށް ފޯމު ފުރުމުގައި އެހީތެރިވެދިނުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ. ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން މޭޒުތައް ބެހެއްޓިފައި ހުންނާނީ މި ކައުންސިލްގެ އާއްމު ޚިދުމަތްތަކާއި ބެހޭ ބައިގައި (ތައިސޭކޮށިގައި) އަދި މި ކައުންސިލްގެ މާފަންނު އޮފީހުގައެވެ.

 ވީމާ، 01 އޮގަސްޓް 2022 އިން ފެށިގެން 26 ސެޕްޓެމްބަރު 2022 އަށް ފޯމުތައް ބަލައިގަތުމަށް ކަނޑައެޅިފައިވާ ސުންގަޑި ހަމަވުމާއި ހަމައަށް  މަތީގައި ދެންނެވިފައިވާ  ދެ ތަނުގައި ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 ން ފެށިގެން މެންދުރު 14:00 އާ ދެމެދު އަދި ރޭގަނޑު 20:00 ފެށިގެން 22:00 އާ ހަމައަށް ފޯމް ފުރުމާއި ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދެމުންދާނެ ވާހަކަ އާންމުންގެ މައުލޫމާތަށްޓަކައި އިޢުލާނުކޮށް ދަންނަވަމެވެ.

26 ޖުލައި 2022