މަސައްކަތް
ނަންބަރު: (IUL)240-ADS/240/2014/62
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 08:56
ސުންގަޑި:
15 އޮކްޓޫބަރު 2014 11:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޮންސަލްޓެންސީގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ
މިއިދާރާއިން ބީލަން އުސޫލުން އިންވެސްޓް ކުރުމުގެ ފުރުޞަތު ހުޅުވާލުމަށްޓަކައި ކުރަންޖެހޭ އެކިއެކި ސާރވޭތައް ކުރުމަށް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކޮންސަލްޓެންސީގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. އަދި މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ކަމުގައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު އެސިސްޓެންޓް ޑިރެކްޓަރ އާޠިފާ ޒާހިރު 7999014 އާ ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.
08 ޛުލްޙިއްޖާ 1435
02 އޮކްޓޫބަރު 2014