ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ސްޕީޗް ތެރަޕީ ރޫމަށް ގެންނަށްޖެހޭ ބަދަލުތަށް ގެނައުމާއި ސައުންޑް ޕްރޫފް ސްޓޭޝަނަކާއި އެކު އޯޑިއޯމެޓްރީ ރޫމެއް ޤާއިމް ކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވުމަށްފަހު 25 ޖުލައި 2022 ވާ ހޯމަ ދުވަހުން ފެށިގެން 08 އޯގަސްޓު 2022 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށަހެޅުން(ހޮސްޕިޓަލް މީޓިންގ ރޫމް)
15 އޯގަސްޓު 2021ވާ ހޯމަ ދުވަހުގެ 13:00 ގައި
މި އިޢުލާނާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 10 އޯގަސްޓު 2022 ވާ އަންގާރަ ދުވަހުގެ 10:30 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.