މަސައްކަތް
ނަންބަރު: (IUL)23-AP/23/2022/355
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 14:20
ސުންގަޑި: 08 އޮގަސްޓް 2022 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ގއ. ނިލަންދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ކުރުމާއި، ލެބޯރެޓަރީ ޢިމާރާތް ކުރުން.

                      އިޢުލާން

 ގއ. ނިލަންދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ކުރުމާއި، ލެބޯރެޓަރީ ޢިމާރާތް ކުރުމާއި، ވަށާފާރު ރޭނުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: (IUL)23-AP/23/2022/269  (02 ޖޫން 2022) އިޢުލާނަށް އަންދާސީ ހިސާބު ހުށަހަޅުއްވާފައިވާ ފަރާތުގެ އަގު ބޮޑުވާތީ އެއިޢުލާން ބާތިލު ކޮށް މަސައްކަތުގެ ސްކޯޕަށް ބަދަލު ގެނެސް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާނު ކުރަމެވެ.

  މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 25 ޖުލައި 2022 ވާ ހޯމަ ދުވަހުން ފެށިގެން 08 އޮގަސްޓް 2022 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 17 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 09 އޮގަސްޓް 2022 ވާ އަންގާރަ ދުވަހު ހެނދުނު 11:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

                         26 ޛުލްޙިއްޖާ  1443

25 ޖުލައި 2022