ދިވެހިރާއްޖެ
އިންސްޓިޓިއުޝަނަލް އޮޑިޓް ގެ އޮޑިޓް ޕެނަލްގައި މަސައްކަތް ކުރުމަށް މެމްބަރުން ހޯދަން ބޭނުންވެއްޖެ
ދިވެހިރާއްޖޭގައި މަތީތަޢުލީމުދޭ މަރުކަޒުތަކުގެ އިންސްޓިޓިއުޝަނަލް އޮޑިޓް ކުރުމަށް އެކުލަވައިލާ އޮޑިޓް ޕެނެލްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި މަސައްކަތްކުރުމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފީމެވެ.
މި މަސައްކަތަށް ކުރިމަތިލާ ފަރާތްތައް ހޮވުމަށް ބޭނުނުންވާ މިންގަޑުތައް އެކުލެވޭ މަޢުލޫމާތު ކަރުދާހެއް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ވެބްސައިޓް http://www.mqa.gov.mv/ އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ކަރުދާހުގައިވާ ޝަރުޠު ފުރިހަމަވާ މިކަމަށް ޝައުވެރިވާ ފަރާތްތަކުން ޝައުޤުވެރިވާކަން ހާމަކޮށް 11 އޮގަސްޓު ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން [email protected] އަށް ސީވީއާއެކު އީމެއިލްގެ ޒަރީޢާއިން މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް ހޮވޭ ފަރާތްތަކަށް މި އޮތޯރިޓީގެ ފަރާތުން އިތުރު ތަމްރީނު ދެވޭނެއެވެ. އަދި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން އުޖޫރަ ދެވޭނެއެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކުން މި އޮތޯރިޓީގެ ނަންބަރު 3026659، 3026668 އަދި 3026664 ފޯނަށް ގުޅުން އެދެމެވެ.
26 ޒުލްޙިއްޖާ 1443
25 ޖުލައި 2022