ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2022/64
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 13:48
ސުންގަޑި: 02 އޮގަސްޓް 2022 11:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ބާރަށު ޕްރީސްކޫލަށް ތިރީގައި ދަންނަވާފައިވާ މަޤާމަށް ކޮންޓެކްޓް އުޞޫލުން މުވައްޒަފަކު ބޭނުން ވެއްޖެއެވެ.

މަޤާމް:

އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ ބާރަށު ޕްރީސްކޫލް

މުސާރަ:

-/3000 ރުފިޔާ

 ބޭނުންވާ ޢަދަދު:

01 ( އެކެއް )

 މުއްދަތު:

2022 – 2023 ވަނަ އަހަރުގެ އެކަޑަމިކް ކަލަންޑަރުގައި ކިޔަވައިދިނުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚް

 

ތަޢުލީމާއި ތަޖުރިބާ:

 

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 2 ގެ ސެޓްފިކެޓެއް ހާޞިލްކޮށްފައިވުން. ނުވަތަ

 

  1. ޖީސީ އޯލެވެލް އިމްތިހާނުގެ 2 މާއްދާއިން ދައްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސެޓްފިކެޓް އިމްތިޙާނުގައި ' ދިވެހި ' މިމާއްދާއިން ދައްވެގެން ' ސީ ' ގުރޭޑް ލިބިފައިވުން.
  2. މަތީގައި ދަންނަވާފައިވާ 2 ސަރުތު ތެރެއިން އެއްވެސް ސަރުތެއް ފުރިހަމަވާ އެޕްލިކޭޝަނެއް ހުށަހަޅާފައި ނުވާނަމަ އެންމެ ރަނގަޅު ނަތީޖާތަކަށް ބަލާ ސަރުތު ހަމަވާ ކަމަށް ނިންމާނީއެވެ.

 

މަޤާމުގެ މަސްޢޫލިއްޔަތުތައް:

1-          ޕްރީސްކޫލް ހުޅުވާ ލެއްޕުން،

2-          ދުވަހުން ދުވަހަށް ޕްރީސްކޫލަށް ލިބޭސިޓީއާއި މެސެޖާއި، ފޯމްތަކާއި، ލިޔެކިޔުންފަދަ ތަކެތި އެންޓްރީކޮށް ހިންގުމާއި ޙަވާލުވެ ހުންނަވާ ވެރިއެއްގެ މަސްވަރާގެ މަތިން ޖަވާބުދީ މުއްދަތުގައި ނިންމުން.

3-          ޕްރީސްކޫލްގެ ޔައުމިއްޔާ ދުވަހުން ދުވަހަށް އެދުވަހެއްގާ ހިގާފައިވާ ކަންކަމުގެ މައުލޫމާތު ހޯއްދަވާ ޖެހިގެން އަންނަދުވަހު ކުރީދުވަހުގެ ޔައުމިއްޔާ ލިޔެ ޕްރީސްކޫލް ހިންގުމާއި ޙަވާލުވެ ހުންނަވާ ފަރާތުން ސޮއިކުރުވާ އޮންނަ އުޞޫލާއި، އެއްގޮތަށް ބެލެހެއްޓުން.

 

 

4-          މަހުން މަހަށް ތައްޔާރު ކުރަންޖެހޭ ރިޕޯރޓްތައް، މުއްދަތުގައި ތައްޔާރުކޮށް ފޮނުވަން ޖެހޭ އިދާރާތަކަށް ފޮނުވުން.

5-          މުވައްޒަފުންގެ މުސާރަ، އެލަވަންސް، ޢިނާޔަތްތައް ހޯދުމަށްޓަކާ ބޭނުންވާ މަޢުލޫމާތު ހޯދާ ހަދަންޖެހޭ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ހޯދުމާއި، ހާޟިރީ ރިޕޯޓާއި، އިތުރުގަޑީ މަސައްކަތް ކުރި ގޮތުގެ ރިޕޯރޓް ތައްޔާރުކޮށް ކައުންސިލް އިދާރާއަށް ފޮނުވުން.

6-          ޕްރީސްކޫލަށް ލިބޭ ސިޓީއާއި ހުށަހަޅާ ފޯމް ތަކަށް ހިންގުމާއި ޙަވާލުވެ ހުންނަވާ ވެރިއެއްގެ މަސްވަރާގެ މަތިން ޖަވާބުދީ މުއްދަތުގައި ނިންމުން.

7-          ޕްރީސްކޫލަށް ކުދިންގެ ފީގެ ގޮތުގައި ދައްކާ ފައިސާ އާއި އެނޫން ގޮތްގޮތުންވެސް ލިބޭފައިސާ ބަލައިގަނެ، ދުވަހު ފޮތަށް އަރުވާ، ޖެހިގެން އަންނަ ރަސްމީ ފުރަތަމަ ދުވަހު އެފައިސާ ކައުންސިލް އިދާރާއާއި ޙަވާލުކުރުން.

8-          ފައިސާގެ ހިސާބުތަކާ ލިޔުންތައް އޮޅުންނާރނެހެން ސާފުތާހިރުކޮށް ސަރުކާރުގެ މުދަލާއި ފައިސާގެ ހިސާބުތައް ބެލެހެއްޓުމަށް ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތަށް ބެލެހެއްޓުން.

9-          ޕްރީސްކޫލަށް އެކިފަރާތްތަކުން ދައްކަންޖޭ ފައިސާއެއް ވާނަމަ އެފައިސާއެއް ދައްކަންޖެހޭ މުއްދަތުގައި ނުދައްކާ އޮވެއްޖެނަމަ އެކަމުގެ މަޢުލޫމާތު ކައުންސިލްގެ އިދާރާގެ އެކަމާ ގުޅޭ ސެކްޝަނުގެ ވެރިޔާއަށް ދަންނަވާ އެފައިސާ އެފަރާތުން ހޯދުމަށްޓަކާ ކައުންސިލްގެ އިސްވެރިޔާގެ ލަފަޔާއެކު މަސައްކަތް ކުރުން.

10-      ޕްރީސްކޫލަށް ބޭނުންވާ ތަކެތި ކައުންސިލް އިދާރާގެ ކަމާ ގުޅޭ ސެކްޝަންގެ އިސްވެރިއެއްގެ ލަފަޔާ އިރުސާދުގެ ދަށުން ހޯދުމާއި،  ސްޓޮކް ލިޔެ ބެލެހެއްޓުން.

11-      ޕްރީސްކޫލްގެ އިންވެންޓްރީ ލިޔެ ބެލެހެއްޓުން.

12-      ޕްރީސްކޫލަށް އަލަށް ވަންނަށް އެދޭ ކުދިންގެ ފޯމްތަށް ބަލައިގަނެ ހިންގުމާއި ޙަވާލުވެ ހުންނެވި އިސްވެރިޔާގެ މަސްވަރައާއި އިރުސާދުގެ މަތިން ކުލާހުން ޖާގަ ދިނުމާއެކު އެކުއްޖާއަށް ފޯރުކޮށްދޭން ޖެހޭ އެންމެ ހާތަކެތި ފޯރުކޮށްދީ، އިދާރީ ގޮތުން އެކަން ހަމަޖެއްސުން.

13-      ޕްރީސްކޫލުން ވަކިވާން އެދޭ ކުދިންނަށް ހަމަޖެހިފައިވާ އުޞޫލުން ލިޔުން ދޫކުރުމާއި، ލީވިން ސެޓްފިކެޓް ދޭންޖެހޭ ކުދިންނަށް ލީވިންގ ސެޓްފިކެޓް ދޫކުރުން.

14-      ޕްރީސްކޫލް ޓީޗަރަކު ސަލާމުގައި ނުވަތަ ޗުއްޓީ އަދި އެނޫންވެސް ސަބަބެއް މެދުވެރިވެގެން ކުލާހަށް ޙާޟިރު ނުވެވިއްޖެ ހާލަތެއްގައި އެ ވަގުތު ކުލާހަށް ހާޟިރުވެ ޓީޗަރުންނަށް އެހީތެރިވެދިނުމާއި އެފަދަ އިންތިޒާމްތަށް ހަމަޖެއްސުން.

15-      މީގެ އިތުރުންވެސް ކައުންސިލް އިދާރާއިން އަންގާ މަސައްކަތްތަށް ފަރުވާތެރިކަމާއެކު ކުރުން.

         

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ސިވިލް ސަރވިސް ކޮމިޝަނުން 2021 ( 3 ވަނަ އިސްލާހުގެ ) 12 ވަނަ ނަމްބަރުގައި އަމަލުކުރަން ފައްޓަވާފައިވާ " ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި، އައްޔަނު ކުރުމުގެ މިންގަނޑުތަކާއި އުޞޫލްތަކުގެ " ކްރައިޓީރިއާގައިވާ ގޮތުގެ މަތިން.

 

އުޖޫރައާއި އިނާޔަތްތައް:

މި މަގާމަށް ކަނޑައެޅިފައިވާ މުސާރައާއި ރަމަޟާން މަހުގެ އިނާޔަތް ދެވޭނެއެވެ.  

 

 

 

އިންޓަވިއު އޮންނާނެ ތަނާއި، ތާރީޚް:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އާއި އިމްތިހާނު އޮންނާނީ 03 އޯގަސްޓް 2022 އާއި10 އޯގަސްޓް 2022 އާއި ދެމެދު އެވެ. އޮންނާނެ ތާރީޚާއި، ގަޑި ޝަރުތު ފުރިހަމަވާ ފަރާތްތަކަށް، ފަހުން އަންގާނެއެވެ.

 

މަޤާމަށް އެދެންވީ ގޮތާއި، ސުންގަޑި:

މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ލިޔުނަތަކާއިއެކު 02 އޯގަސްޓް 2022 ވާ އަންގާރަ  ދުވަހުގެ 11.00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް އީމެއިލް ކުރައްވާނީ info @baarah.gov.mv އަށެވެ.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
  2. އެކްރެޑިޓް ކޮއްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ ( ސެޓްފިކެޓްތަކުގެ އަސްލު، އިންޓަވިއުއަށް ހާޒިރު ވާއިރު ގެންނަންވާނެއެވެ ).
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ މަސައްކަތްކުރި މުއްދަތާއި، މަޤާމާއި، މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. ( ލިޔުމުގެ އަސްލު، އިންޓަވިއުއަށް ހާޒިރު ވާއިރު ގެންނަންވާނެއެވެ ).
  4. ވަޒީފާއަށް އެދޭފަރާތުގެ ކާކުކަން އަންގައިދޭ ކާޑްގެ ދެފުށުގެ ސާފު ކޮޕީ. ( އައިޑީކާޑްގެ އަސްލު، އިންޓަވިއު އަށް ހާޒިރު ވާއިރު ގެންނަން ވާނެއެވެ ).

 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ).

 

އިތުރު މަޢުލޫމާތު:

   

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު 6500016 ފޯނާއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.     

 

       26 ޛުލްޙިއްޖާ 1444  

       25   ޖުލައި  2022

 

25 ޖުލައި 2022