ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LID/468/2022/210
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 12:47
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަގުތަކުގައި ޕާރކްކޮށްފައި ހުންނަ ވެހިކަލްތަކާއި، މަގަށް އުނދަގޫވާ ރުއްގަހާއިގުޅޭ
ފުވައްމުލަކު އެތެރޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ ދަށުން މިހާރު ދަނީ ތާރުއެޅުމުގެ މަސައްކަތަށްކުރުމަށްޓަކައި ތައްޔާރުވަމުންނެވެ. އެހެންކަމުން މަސައްކަތް ކުރަމުންދާއިރު އެމަސައްކަތަށް ދަތިވާގޮތަށް މަގުތަކުގައި ޕާކްކޮށްފައި ހުންނަ ވެހިކަލްތަކުގެ ވެރިފަރާތްތަކުން އެވެހިކަލްތައް މަގުން ނަންގަވައި ދެއްވުން އެދެމެވެ.
އަދި މިމަސައްކަތް ކުރުމަށް ބޭނުންކުރާ ވެހިކަލްތަކަށް އުނދަގޫވާގޮތަށް މަގުމައްޗަށް ހުންނަ ގަސްގަހުގެ ގޮފިތަކާއި ރުއްތަކުގެ ފަންތައް ކޮށާލަމުން ދާނެވާހަކަވެސް ޢާމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
25 ޖުލައި 2022