ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 373-MS/INDIV/2022/22
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 12:38
ސުންގަޑި: 10 އޮގަސްޓް 2022 13:30
ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

އިޢުލާން

މިއިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

 

 

މަޤާމު

ކައުންސިލް އޮފިސަރ

މަޤާމުގެ ނަމްބަރު:

J-350382

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ / ފ. ދަރަނބޫދޫ

މުސާރަ:

-/5,610 ރުފިޔާ

ސާވިސް އެލަވަންސް:

2,000/- ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް
  2. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  3. ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާއ އުޞޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ -/700 ރުފިޔާ ( މަހަކު )

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒު ކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުން ތަންފީޒު ކުރުމުގައި އިދާރީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒު ކުރުމާ ގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކެރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  3. ޢަމަލުކުރަމުންދާ ތަރައްޤީގެ ޕްލޭނުގެ މުއްދަތު ހަމަވުމުގެ 04 މަސްދުވަސް ކުރިން ރަށުގެ ތަރައްޤީގެ ޕްލޭނަށް ރިޢާޔަތްކޮށް ކުރިއަށްއޮތް 05 އަހަރު ދުވަހަށް ތަރައްޤީގެ ޕްލޭން ތައްޔާރުކުރުން.
  4. ތަރައްޤީގެ ޕްލޭންއަށް ރިޢާޔަތްކޮށް 05 އަހަރު ދުވަހުގެ ފައިނޭންޝަލް ޕްލޭން ތައްޔާރުކޮށް ޤާނޫނުގައި ބަޔާންކޮށްފައިވާ ތާރީޚަށް ހުށަހެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

 

 

 

 

 

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ތަރައްޤީގެ ޕްލޭންގެ މުއްދަތު ދެބައިވުމުން އަދި ކައުންސިލުން ނިންމަވާ ގޮތެއްގެ މަތީން ޕްލޭން ރިވައިސްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އެކަމާބެހޭ މަޢުލޫމާތު ކަމާއި ގުޅުންހުރި ފަރާތްތަކާއި ހިއްސާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  2. ތަރައްޤީގެ ޕްލޭންއަށް ރިޢާޔަތްކޮށް ކައުންސިލްގެ އަހަރީ މަސައްކަތު ތާވަލު ޑްރާފްޓްކޮށް ކައުންސިލަށް ހުށަހެޅުން އަދި ފާސްކުރެވޭ މަސައްކަތު ތާވަލު ކަމާއި ގުޅުން ހުރި ޔުނިޓްތަކަށް މަޢުލޫމާތު ހިއްސާކުރުމާއެކު ޤާނޫނުގައި ކަނޑައެޅިފައިވާ ތާރީޚަށް މަސައްކަތު ތާވަލް ފޮނުވުން.
  3. ތަރައްޤީގެ ޕްލޭންއަށް އަމަލީ ސިފަ އަންނަމުންދާ ގޮތުގެ ރިޕޯޓް ކޮންމެ ދެމަހުން އެއްމަހު ތައްޔާރުކޮށް ޢާއްމުކުރުން.
  4. ކައުންސިލްގެ ބިޒުނަސް ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި ކައުންސިލްގެ ލަފާގެ މަތީން ބިޒުނަސް ޕްލޭން އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  5. ކައުންސިލްގެ ހިންގާ ޕްރޮޖެކްޓް ތަކުގެ ޕްލޭން އެކުލަވާލުން އަދި ޕްރޮޖެކްޓްތައް ކުރިޔަށްގެންދާނެ ގޮތެއް އެކުލަވާލުން.
  6. ކުށުގެ ރެކޯޑާއި، ހައްޔަރުކުރެވޭ މީސްމީހުންނާއި ގޭބަންދުކުރާ މީހުންގެ ކަންތައްތައް ބެލެހެއްޓުން.
  7. ހަމަޖެހިފައިވާ އުޞޫލުން އިދާރާ ހުޅުވާ ލެއްޕުމުގެ ކަންތައް ބެލެހެއްޓުން.
  8. މާރާމާރީއާއި ވައްކަންފަދަ ޖިނާއީ ކުށެއްކޮށްފިކަމަށް ހުށަހެޅިއްޖެނަމަ ކައުންސިލުން އަޅަންޖެހޭ ފިޔަވަޅުއެޅުން.
  9. މަސްވެރިކަމާއި، ދަނޑުވެރިކަމުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  10. ރަށުގެ ޢާއްމު ޙާލަތާބެހޭ މަޢުލޫމާތު ހޯދައި ބެލެހެއްޓުން.
  11. ބިދޭންސީންގެ ރަޖިސްޓްރީ ބެލެހެއްޓުން.
  12. މަޤާމުގެ މަސައްކަތާގުޅުންހުރި ލިޔުންތަކާއި، ރިޕޯޓްތައް ލިޔެ ތައްޔާރުކުރުމާއި ފައިލްކުރުން.
  13. އާޘާރީ ތަރިކައިގެ ގޮތުގައި ހިމެނޭ ތަންތަނާއި ތަކެތި ހިމާޔަތްކޮށް ބެލެހެއްޓުން.
  14. ބަނދަރާއި، ރަށުގެ ބީޗަށް ލިބޭ ގެއްލުން ބަލައި ރެކޯޑް ބެލެހެއްޓުމާއި، ފިޔަވަޅު އެޅުން.

މަޤާމުގެ ޝަރުތުތައް:

  1. 1.     މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން
  2. 2.     މަޤާމުގެ ތަޢުލީމީ ރޮނގުތައް:

އެކައުންޓިންގ، އެޑްމިނިސްޓްރޭޝަން، ބިޒްނަސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖުމަންޓް، ކޮމާސް، ކޮމިޔުނިޓީ ޑިވެލޮޕްމަންޓް، ކޮމްޕިޔުޓަރ ސައިންސް، ކައުންސިލް އެޑްމިނިސްޓްރޭޝަން، ޑިވެލޮޕްމަންޓް ސްޓަޑީޒް، އިކޮނޮމިކްސް، ފައިނޭންސް، ގަވަރނަންސް، ހިއުމަން ރިސޯސަސް، ހިޔުމަން ރިސޯސް މެނޭޖްމަންޓް، އިންފޮރމޭޝަން ޓެކްނޮލޮޖީ، އިންޓަރނޭޝަނަލް ރިލޭޝަންސް، ލޯ، ލޯކަލް ގަވަރނަންސް، މެނޭޖްމަންޓް، މާކެޓިންގ، މާކެޓިންގ މެނޭޖްމަންޓް، އޮފީސް އެޑްމިނިސްޓްރޭޝަން، ޕޮލިސީ ސްޓަޑިޒް، ޕޮލިޓިކަލް ސައިންސް، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް މެނޭޖްމަންޓް، ޕަބްލިކް ޕޮލިސީ، ޕަބްލިކް ރިލޭޝަންސް، ޝަރީޢާ އެންޑް ލޯ، ސޯޝަލް ސައިންސް، އާބަން ސްޓަޑީޒް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ޕަބްލިކް އެޑްމިނިސްޓްރޭޝަން
  • މެނޭޖްމަންޓް

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސާވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސާވިސް ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންޓަރުން، އަދި ދަރަނބޫދޫ ކައުންސިލް އިދާރާގެ ކައުންޓަރުންނާއިލިބެންހުންނާނެއެވެ http://www.csc.gov.mv/download/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައިޑީ ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަން ދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
  4. ސިވިލް ސާވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން
  5. 5.     ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވެލް ކަނޑައަޅައި، ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ސެޓްފިކެޓް ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަ ކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތު ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިސް ސާވިސްގެ ވަޒީފާއެއްގައި، ދަޢުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، (އަހަރާއި މަހާއި ދުވަސް އެނގޭނެ ގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލްސާވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށް ދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަސް އަދި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާއަދާ ކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާއަދާ ކޮށްފައިވާނަމަ، އަދާ ކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭނެ ގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގައި ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

 

 

 

 

(ރ) ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ/ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، (އަހަރާއި މަހާއި ދުވަސް އެނގޭނެ ގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. މިލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެ އެވެ.

(ބ) ދައުލަތުގެ އުވާލާފައިވާ އިދާރާއެއްގައި ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްއިއްޔާ/ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، (އަހަރާއި މަހާއި ދުވަސް އެނގޭނެ ގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެން ނެތްނަމަ، ރެކްރޫމަންޓް އުސޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭ ފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުޠު ހަމަވުން ( % 30 )
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް ( %5 )
  3. ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށްދެވޭ ޕޮއިންޓް ( % 5 )
  • ( މަޤާމްގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގުތަކުގެ ސަނަދެއް )
  1. އަސާސީ ސަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ ( % 5 )
  • އެޑްމިނިސްޓްރޭޝަންގެ ދާއިރާ
  • މެނޭޖުމަންޓްގެ ދާއިރާ
  1. އެސެސްމަންޓް ( އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް ) ( % 20 )
  2. އިންޓަރވިއު ( % 35 )

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 އޯގަސްޓް 10 ވަނަ ދުވަހުގެ 13:30 ގެ ކުރިން ފ. ދަރަނބޫދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން، ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ 2022 އޯގަސްޓް 18 ން 20  އާއި ދެމެދު، ފ. ދަރަނބޫދޫ ކައުންސިލް އިދާރާ ގައެވެ.

 

 

 

 

 

 

 

 

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2ފޯމު) އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދުނޫން 03 ( ތިނެއް ) ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)" އާންމުކޮށް ފެންނާނެހެން މި އިދާރާއާއި އިދާރާގެ ސޯސިއަލް ޕްލެޓްފޯމްތަކުގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ޝަކުވާއެއް އޮތްނަމަ، A2 ފޯމް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 03 ( ތިނެއް ) ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ދަރަނބޫދޫ ކައުންސިލަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި މި އިދާރާގެ ނަމްބަރު 6740015 އަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާއި ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސާވިސް ކޮމިޝަނުގެ ވެބްސައިޓުގެ ޑައުންލޯޑްސްގެ "ޢައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http:www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

    26 ޛުލްޙިއްޖާ 1443

    25 ޖުލައި 2022

25 ޖުލައި 2022