ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-EDS/304/2022/70
ޕަބްލިޝްކުރި ތާރީޚް: 24 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 11:43
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދުވާފަރު ބަނދަރުގެ ބޭރު ހިލަތޮށި ކައިރިއަށް ޖަމާވަމުންދާ ވެލި ނެގުމުގެ ހުޅުވާލުން
ދުވާފަރު ބަނދަރު ބޭރު ތޮށީގައި ޖަމާވަމުންދާ ވެލި، މެދު ކެނޑުމަށްފަހު އަލުން ދޫކުރުމަށް ނިންމާފައިމީވެ. ވީމާ، ތިރީގައި މިވާ އުޞޫލުގެ އެއްގޮތަށް ޢަމަލުކުރެއްވުމަށް އިލްތިމާސް ކުރަމެވެ.
- ވެލި ނެގުމުގެ ހުއްދަ ދޫކުރެވޭނީ ދުވާފަރު ކައުންސިލް އިދާރާއިން ދޫކުރ ފޯމް ފުރާ ހުށައެޅުމުންނެވެ.
- ވެލި ދޫކުރެވޭނީ ދުވާލުގެ ވަގުތުގައިއެވެ.
- އަދި ވެލި ގޯންޏަކަށް ނެގޭނީ 1 ރުފިޔާއެވެ.
- ވެލި ނެގުމުގެ މަސައްކަތް ކުރަންވާނީ ފަޅުތެރެއަށް ވަންނަ އުޅަނދު ފަހަރަށް އުނދަގޫ ނުވާ ގޮތަށެވެ.
- ވެލި ނެގުމުގެ މަސައްކަތުގައި ދިމާވާ އެއްވެސް ގެއްލުމަކަށް ކައުންސިލުން ޒިންމާ ނަގަންޖެހޭނީ ވެލި ނަގާ ފަރާތުންނެވެ.
- ވެލި ނެގުމުގެ މަސައްކަތަށް އެއްވެސް ޙާލެއްގައި ބޮޑު ހިލަތޮށީގެ ބޭނުންކޮށްގެން ނުވާނެއެވެ.
- ވެލި ނަގަންޖެހޭނީ ކައުންސިލުން ކަނޑައަޅާ ސަރަޙައްދަކުންނެވެ.
- ވެލި ނެގުމުގެ މަސައްކަތުގައި ހިލަތޮއްޓަށް ގެއްލުންވާނެ ފަދަ އެއްވެސް ޢަމަލެއްކޮށްގެން ނުވާނެއެވެ.
- ވެލި ނެގުމުގެ މަސައްކަތަށް ބޭނުންކުރި އެއްވެސް އެއްޗެށް ފަޅުތެރެއަށް ދޫކޮށްލާގެން ނުވާނެއެވެ.
- ވެލި ދޫކުރެވޭނީ ދުވާލަކު 3 ފަރާތަކަށެވެ.
- ވެލި ދޫކުރުމަށް ހެދިފައިވާ ޤަވާއިދަށް ހުރިހާ ފަރާތްތަކުން ވެސް އިޙްތިރާމް ކުރަންވާނެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
24 ޖުލައި 2022