ދިވެހިރާއްޖެ
މި މިނިސްޓްރީގެ ތަރައްޤީ ލޯންޗުގެ އައުޓްބޯޑު 2 އިންޖީނު އޯވަރހޯލް ކުރުމަށް ކުރެވުނު ނަންބަރު:IUL)10-F/1/2014/118)ފ(23 ސެޕްޓެންބަރު 2014) އިޢުލާނާ ގުޅިގެން، އެއްވެސް ފަރާތަކުން މަޢުލޫމާތު ހޯއްދަވަން ވަޑައިގެންފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 އޮކްޓޫބަރު 2014 ވާ އަންގާރަ ދުވަހުގެ 11:00އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ. މަތީގައި ދެންނެވިފައިވާ ގަޑިއަށް، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
14 ޛުލްޙިއްޖާ 1435