މަސައްކަތް
ނަންބަރު: (4)DS/2014/17
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 08:45
ސުންގަޑި: 13 އޮކްޓޫބަރު 2014 13:00
ދަރުމަވަންތަ ސްކޫލް
ދިވެހިރާއްޖެ
އިނާމު ދިނުމުގެ ޖަލްސާގެ ޓްރޮފީތައް ހައްދަވައިދެއްވާނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

މި ސްކޫލުގެ 2014 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގެ ޓްރޮފީތައް ހައްދަވައިދެއްވާނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު DS/2014/15ފ(4) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ ބިޑްގެ އަގު އެކަށީގެންވާވަރަށްވުރެ ބޮޑު ކަމަށް ފެންނާތީ އެ އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ. 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހުގެ ހެނދުނު 13:00 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ ހެނދުނު 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް އެދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި އަންދާސީހިސާބު ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަންދާސީހިސާބުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

14 ޛުލްޙިއްޖާ 1435

08 އޮކްޓޫބަރު 2014