ނީލަން
ނަންބަރު: (IUL)248-ESMSMS/248/2022/64
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 08:40
ސުންގަޑި: 25 ޖުލައި 2022 16:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު ފުޓްސަލް ދަނޑުން ނަގާފައިވާ ޓާފް ނީލަންކިޔުމާ ގުޅޭ

     މިރަށު ފުޓްސަލް ދަނޑުގައި އަޅާފައިވާ ޓާފްތައް ނީލަންކިޔުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)248/248/2022/63 (21 ޖުލައި 2022) ގެ އިޢުލާން ބާތިލްކޮށް އަލުން ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ.

     ނީލަންކިޔުން އޮންނާނީ 25 ޖުލައި 2022 ވާ ހޯމަ ދުވަހު 16:00 ގައި މިރަށު ޕްރީސްކޫލް ސަރަޙައްދުގައެވެ.

     ވީމާ މިނީލަމުގައި ވާހައި ގިނަ ފަރާތްތަކަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މިއިދާރާގެ އެދުމެކެވެ. ނީލަމުން ނަންގަވާ ތަކެތީގެ އަގު ވަގުތުން އަދާ ކުރައްވާ 3 ދުވަހުގެ ތެރޭގައި އެތަކެތި ނަގައި ގެންދަން ވާނެއެވެ. އަދި މަސައްކަތުގެ ތެރެއިން އުފެދޭ ކުނި ކަނޑައެޅިފައިވާ ގޮތުގެ މަތިން ނައްތާލަން ވާނެއެވެ.

     މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

25 ޖުލައި 2022