ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)/292-ER/292/2022/11
ޕަބްލިޝްކުރި ތާރީޚް: 24 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 20:53
މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުން

ޤާނޫނު ނަންބަރ 2010/7 ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ) 107 ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން ކޮންމެ އަހަރެއްގެ ޖުލައިމަހު ކައުންސިލްގެ ކުރިޔަށްއޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ރައްޔިތުންނަށް ހުށަހަޅާ ޚިޔާލު ހޯދަން ޖެހެއެވެ. އެހެންކަމުން މިކައުންސިލުގެ 2023 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް އެކުލަވާލުމަށްޓަކައި  ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވޭ ބައްދަލުވުން މިހިނގާ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ 8:30 ގައި ހިދާޔާ ސްކޫލް ހޯލުގައި އޮންނާނެއެވެ. މީވާ، މިބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް އެންމެހައި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.  

24 ޖުލައި 2022