ދިވެހިރާއްޖެ
އދ.މާމިގިލީ ރައްޔިތުންގެ 2 ނަންބަރު ފިހާރަ ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ނިންމާފައިވާތީ މިދެންނެވި ފިހާރަ ކުއްޔަށް ހިފާނެ ފަރާތެއްހޯދަން ބޭނުންވެއްޖެ އެވެ.
ވީމާ މަތީގައި ދެންނެވިފައިވާ ފިހާރަ ކުއްޔަށް ހިފުމަށް ޝައުޤުވެރިވެ ލައްވާފަރާތްތަކުން ކައުންސިލް އިދާރާއަށް ދުރުވެ ބިޑުފޮތް ބައްލަވައިގަތުމަށް ދަންނަވަމެވެ. ބިޑުފޮތް ލިބިވަޑައިގަންނަވާނީ 2022 ޖުލައި 24 ން 2022 އޯގަސްޓް 03 ވަނަ ދުވަހުގެ 12:30 އާއި ހަމައަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 ން މެންދުރު 12:30 އާދެމެދު އދ.މާމިގިލީ ކައުންސިލްގެ އިދާރާއިން ނެވެ. ބިޑުފޮތެއްގެ އަގަކީ -/250 ރ ( ދުއިސައްތަ ފަންސާސް ރުފިޔާ ) އެވެ. ބިޑް ހުށަހަޅުއްވާނީ 2022 އޯގަސްޓް 03 ވަނަ ދުވަހުގެ 13:00 ށް އދ.މާމިގިލީ ކައުންސިލްގެ އިދާރާއަށެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 2022 އޮގަސްޓް 01 ވާ ހޯމަ ދުވަހުގެ 13:00 ށް އދ.މާމިގިލީ ކައުންސިލަށް ވަޑައިގަތުމަށް ދަޢުވަތުއަރުވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ .
އިޚްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.