ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)269/269/2022/52
ޕަބްލިޝްކުރި ތާރީޚް: 24 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 17:45
ސުންގަޑި: 26 ޖުލައި 2022 21:00
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާ ބައްދަލުކުރުން (ޖުލައި 2022)

އިޢުލާން

               ރައްޔިތުންނާ ބައްދަލުކުރުން                 

    ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 7/2010 ގެ 107 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޖުލައިމަހު ކައުންސިލުން ބާއްވާ ރައްޔިތުންނާ ބައްދަލުކުރުން 26 ޖުލައި 2022 ވާ އަންގާރަ ދުވަހުގެރޭ 9:00 ގައި ސުލައިމާނިއްޔާ ހޯލްގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި 2022 ވަނަ އަހަރުގެ ފުރަތަމަ 6 (ހައެއް) މަސްދުވަހު ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ތަފްޞީލް ރިޕޯޓާ، 2023 ވަނަ އަހަރު ކައުންސިލްގެ މަސައްކަތު ތާވަލާއި ބަޖެޓް ރައްޔިތުންނާ ޙިއްސާ ކުރެވޭނެއެވެ. މި ބައްދަލުވުމުގައި ރައްޔިތުންނާ ޙިއްސާކުރެވޭ ރިޕޯޓްތަކުގެ ތެރެއިން 2022 ވަނަ އަހަރުގެ ފުރަތަމަ 6 (ހައެއް) މަސްދުވަހު ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ތަފްޞީލް ރިޕޯޓް މި އިދާރާގެ ވެބްސައިޓް www.vaikaradhoo.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.

    ވީމާ، މި ބައްދަލުވުމަށް ވަޑައިގެން ދެއްވުން އެދި ވައިކަރަދޫ އެންމެހައި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

    މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ޖުލައި 2022