ދިވެހިރާއްޖެ
އިޢުލާން ނަންބަރު:134-PROC/I/2022/52
އިޢުލާން
24 ޖުލައި 2022
މިފްކޯގެ ފެލިވަރު ސައިޓަށް ބޭނުންވާ ރާއްޖޭގައި ހައްދާ ތަރުކާރީއާއި މޭވާ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން
ރާއްޖޭގައި ހައްދާ ތަރުކާރީ އާއި މޭވާ،ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް އަށް 01 އަހަރު ދުވަހުގެ މުއަދަތަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ އެވެ. ތަރުކާރީއާއި މޭވާ ސަޕްލައި ކޮށްދެންވާނީ އަމިއްލަ ދަތުރުގައި މަދުވެގެން ހަފްތާއަކު އެއްފަހަރު އެވެ.
| ބިޑް ކުރިއަށްދާނެގޮތުގެ ތަފްޞީލް | ތާރީޙް | ވަގުތު | |
| ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން | އީމެއިލް މެދުވެރިކޮށް | 01 އޮގަސްޓް 2022 | 
 މެންދުރު 12:00ގެ ކުރިން | 
| މަޢުލޫމާތު ކަރުދާސް | ރެޖިސްޓްރީ ކުރުމަށް ބޭނުން ކުރި އީމެއިލްއަށް | 01 އޮގަސްޓް 2022 | މެންދުރުފަހު 02:00ގެ ކުރިން | 
| އަންދާސީ ހިސާބު ހުށަހެޅުން | އީމެއިލް މެދުވެރިކޮށް | 04 އޮގަސްޓް 2022 | މެންދުރު 01.00ގެ ކުރިން | 
| ބިޑް ހުޅުވުން | އަނދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް | 04 އޮގަސްޓް 2022 | 
 މެންދުރުފަހު 02:00ގައި 
 | 
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.
- އިޢުލާން ނަންބަރު
- ކުންފުނީގެ ނަން
- ކުންފުނި ރެޖިސްޓްރޭޝަން ނަމްބަރު / އަމިއްލަ ފަރުދެއްނަމަ އައިޑީ ކާޑު ނަމްބަރު
- ނަމާއި ފޯނު ނަންބަރު
މަތީގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަން" އެއްގެ ގޮތުން މި ކުންފުނިން އީމެލް ކުރާނެ ވާހަކަދެއްނެވީމެވެ.
ނޯޓް: ބިޑަށް އަންދާސީ ހިސާބު ހުށައަޅުއްވަން ވާނީ ހަމައެކަނި [email protected] އީމެއިލް އަށެވެ. މިނޫން އީމެއިލް އަކަށް އެޑްރެސްކުރާ ނުވަތަ ސީސީ ކޮށްފައިވާ އަންދާސީ ހިސާބު ބަލައިނުގަތުމުގެ އިހުތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބާތިލްވާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.