ވަޒީފާގެ ފުރުޞަތު
ނަންބަރު: HMH | IUL | 2022 |089
ޕަބްލިޝްކުރި ތާރީޚް: 24 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 07 އޮގަސްޓް 2022 14:00
ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ފިޒިއޮތެރަޕިސްޓް

މަޤާމް: ފިޒިއޮތެރަޕިސްޓް

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ ހޮސްޕިޓަލްގެ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރ

ވަޒީފާގެ ބާވަތް:  ކޮންޓްރެކްޓް (2 އަހަރު ދުވަސް)

ތަޢުލީމާ ތަޖުރިބާ:

ފިޒިއޮތެރަޕީގެ ރޮނގަކުން  ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މުސާރައާއި އިނާޔަތް :  20,000.00  ރުފިޔާ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- ފަރުވާދޭ ބަލިމީހާގެ ބައްޔާބެހޭގޮތުގެ މައުލޫމާތު އަހާ އޮޅުންފިލުވުމަށްފަހު އެސެސްމެންޓް ފޯމްފުރުމާއި، ދެމެހެއްޓެނެވި ގޮތެއްގައި ބަލިމީގެ ހާލަތު މުރާޖައާކޮށް، ފަރުވާ ފަރުވާކުރިއަށްދާގޮތާއި ބަލިމީހާއަށް އަންނަ ބަދަލުތައް ރިކޯޑްކޮށް ފައިލްކުރުން.

2- ފަރުވާދިނުމުގައި ބަލިމީހާގެ ހާލަތަށް އެންމެ އެކަށޭނަ ފިޒިއޮތެރަޕީގެ ފަރުވާ ޚިޔާރުކޮށް ރޭވުމަށްފަހު، ފަރުވާތެރިކަމާ އޯގާތެރިކަމާއެކު އެ ފަރުވާއެއް ބަލިމީހާއަށް ފޯރުކޮށްދިނުން، އަދި ރޭވިފައިވާ ފަރުވާ ކުރިއަށް ގެންދިއުމުގައި ބަލިމީހާ ރަނގަޅުވަމުންދާ މިންވަރުބަލައި ގެންނަންޖެހޭ ބަދަލުތައް ގެނައުން.

3- ފަރުވާއާއި ގުޅޭގޮތުން ބަލިމީހާއަށް ނުވަތަ އޭނާގެ އެހީތެރިއަކަށް ގޭގައި ކުރިއަށް ގެންދަންޖެހޭނެ ކަންތައްތަކާއިބެހޭ މައުލޫމާތުދީ ދަސްކޮށްދިނުމާއި، ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ބަދަލުތަކެށް ހުރިނަމަ އެކަންކަމާ ބެހޭގޮތުން ލަފަޔަޔާއި އިރުޝާދު ދިނުން. އަދި މިފަދަ މައުލޫމާތު ލިޔުމަކުން ޖޭންޖެހޭ ހާލަތްތަކުގައި އެލިޔުންތައް ތައްޔާރުކޮށް ބަލިމީހާއި ހަވާލުކުރުން.

4- ބަލިމީހާއަށް ފަރުވާދޭން ބޭނުންކުރާ ތަކެތި ތައްޔާރުކުރުމާއި ފަރުވާދިނުމުން އެތަކެތި ތަރުތީބުކޮށް ދެންއަންނަ ބަލިމީހަކަށް ތައްޔާރަށް ބެހެއްޓުން.

5- ބަލިމީހާއަށް ފަރުވާދޭ އެހެން ޞިއްޙީ ޚިދުމަތްތެރިންނާއި ގުޅިގެން މަސައްކަތް ކުރުމާއި، ރިފަރކުރަންޖެހޭ ހާލަތްތަކުގައި ރިފަރކުރުން.

6- ފަރުވާދޭއިރު ބަލިމީހާއި ތިމާގެ ސަލާމަތާއި ރައްކާތެރިކަމަށް އަބަދުވެސް ވިސްނުން އަދި ހުރިހާ ވަގުތެއްގައިވެސް ތިމާގެ ސްކޯޕް އޮފް ޕްރެކްޓިސްގެ ހުދޫދުންބޭރުނުވެ ޕްރޮފެޝަނަލިޒަމް ދެމެހެއްޓުން.

7- ބަލިމީހުންގް ސިއްރުތައް ރައްކާތެރިކޮށްދިނުމާއި ސިއްރުތައް ހިފެހެއްޓުން.

8- މެދުކެނޑުމެއްނެތި ބަލިމީހުންނަށް ބޭނުންވާ ފަރުވާ ހިއްސާކޮށް ފަރުވާ ދިނުމުގެ ޕްރޮގްރާމް ރާވާ ދެވުނު ފަރުވާގެ ނަތީޖާ ބަލާ ރަނގަޅު ބަދަލްތައް ގެނައުމަށް މަސައްކަތް ކުރުން.

ކުރިމަތިލުމުގެ ސުންގަޑި: 07 އޯގަސްޓް 2022 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި މި އިއުލާނާއިއެކު ގެޒެޓްގައި އެޓޭޗްކުރެވިފައި ވާނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާ ފޯމުތަކަށް، ފޯމު ބަލައިގަތް ކަމުގެ މެއިލް ފޮނުވާނެއެވެ. މެއިލްއަށް ޖަވާބު ނުލިބޭނަމަ ވަޒީފާގެ އިޢުލާނުގައިވާ އީދާރީ އޮފީސް ނަންބަރަށް ގުޅުއްވުމަށްފަހު ފޯމު ލިބިފައިވޭތޯ ޗެކްކުރައްވަންވާނެއެވެ.

  • ވަޒީފާއަށް އެދޭ ފޯމު
  • ސީވީ
  • އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ޕޮލިސް ރިޕޯޓް
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
  • މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން / ލައިސެންސްގެ ކޮޕީ

ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134،ނުވަތަ 3350118 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

24 ޖުލައި 2022