ދެންނެވުން
ނަންބަރު: (IUL)101-AF/1/2014/135
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 18:16
ސުންގަޑި: 15 އޮކްޓޫބަރު 2014 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ތަމްރީނު ފުރުސަތު

ތަމްރީނު ފުރުސަތު

"ސްޓްރެންތުނިންގ ލައިވްލިހުޑްސް އިނީޝިއޭޓިވް ފޮރ ހޯމް ބޭސްޑް ވޯރކާސް އިން ދަ ސާރކް ރީޖަން"
PROJECT SABAH

ދާއިރާ:  ސަބާ ޕްރޮޖެކްޓްގެ ދަށުން ޤާއިމު ކުރާ ޓްރޭޑް ފެސިލިޓޭޝަން ސެންޓަރ އަދި ކޮމިއުނިޓީ ފެސިލިޓޭޝަން ސެންޓަރުތަކުގައި މަސައްކަތްކުރުމަށް (ގޭގައި ތިބެ މަސައްކަތް ކުރާފަރާތްތަކަށް ހުޅުވާލާ) ޕްރޮޑަކްޝަން ޝިފްޓް މެނޭޖްމަންޓް ހުނަރު ތަރައްޤީ ކުރުމުގެ ތަމްރީނު ޕްރޮގްރާމް

(PRODUCTION SHIFT MANAGEMENT TRAINING FOR HOMEBASED WORKERS TO WORK AT THE TRADE FACILITATION CENTER AND COMMUNITY FACILITATION CENTERS)

ފުރުސަތު ދެވޭ ބައިވެރިންގެއަދަދު:  15 (ޓްރޭޑް ފެސިލިޓޭޝަން ސެންޓަރ ކޮމިއުނިޓީ ފެސިލިޓޭޝަން ސެންޓަރތައް ހުންނަ ރަށްތައް ކަމަށް ވާ، މާލެ،  ސ.ހިތަދޫ، ގދ.ގައްދޫ،  ޏ.ފުވައްމުލައް،  ލ.ގަން  އަދި ބ.ތުޅާދޫ ގައި މަސައްކަތް ކުރުމަށްޓަކައި)

ޤައުމު: އިންޑިޔާ، އަހްމަދުއާބާދު

ތާރީޚު: 1 ނޮވެންބަރު 2014އިން  15 ނޮވެންބަރު 2014އަށް

ސާރކު ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ތަންފީޒުކުރަމުންދާ، ސުރުޚީގައި ދަންނަވާފައިވާ ޕްރޮޖެކްޓުގެ ދަށުން (15) ދުވަހުގެ މުއްދަތަށް އިންޑިޔާގެ އަހުމަދުއާބާދުގައި ކުރިއަށްގެންދެވޭ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު، ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކަށް އާންމުކޮށް ހުޅުވާލަމެވެ. މި ތަމްރީނު ޕްރޮގްރާމު ހިންގަވާދެއްވާނީ އިންޑިޔާގެ ސެލްފް އެމްޕްލޯއިޑް ވިމެންސް އެސޯސިއޭޝަން (SEWA) ގެ ކަމާ ބެހޭ މާހިރުންނެވެ.

މި ތަމްރީނު ޕްރޮގްރާމުގެ މަޤްޞަދަކީ، ޒަމާނުއްސުރެ ދިވެހިރާއްޖޭގައި ގޭބިސީތަކުގައި އުފައްދާ އެކިބާވަތުގެ ކާބޯތަކެތީގެ ބާވަތްތަކާއި އަތްތެރި މަސައްކަތުގެ ބާވަތްތައް އުފައްދާ ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތްތައް ވިޔަފާރި އުސޫލުން ބައްޓަންކޮށް، ދެމެހެއްޓެނިވިގޮތެއްގައި އެފަދަ މަސައްކަތްތައް ކުރުމަށްޓަކައި، ގޭގައި ތިބެގެން މި ފަދަ މަސައްކަތްކުރާ ފަރާތްތަކުގެ ހިންގުމާއި ކަންކަމުގައި އިސްނެގުމުގެ ހުނަރު ތަރައްޤީކޮށް ހަރުދަނާކޮށް، ރާއްޖޭގެ އެކި ރަށްރަށުގައި އަޅާ ކޮމިއުނިޓީ ފެސިލިޓޭޝަން ސެންޓަރ ތަކުގައި މަސައްކަތް ކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމެވެ. މިގޮތުން، މި ތަމްރީން ޕްރޮގްރާމްގައި އިދާރީ މަސައްކަތް ކުރުން، ޓައިމް މެނޭޖްމަންޓް، ޝެޑިއުލިންގ، ސްޓޮކް މެނޭޖްމަންޓް، ސަޕްލައި މެނޭޖްމަންޓް، ޕްރޮޑަކްޝަން ދާއިރާއިން، އަދި ޕެކޭޖިންގް ނުވަތަ، ތަކެތިބަންދުކުރުން ފަދަ ފަންނީ މަޢުލޫމާތު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

ތަމްރީނުގައި ބައިވެރިވުން:

މި ތަމްރީނު ޕްރޮގްރާމުގައި  ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދިހުށަހަޅާ އެޕްލިކޭޝަން ފޯމު ފުރުއްވުމަށްފަހު، 15 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ  14:30ގެ ކުރިން މ.ބޭންފްވިލާ، 2 ވަނަ ފަންގިފިލާ ގައި ހުންނަ ސަބާ މޯލްޑިވްސް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމު  އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓު (www.trade.gov.mv) އިން ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ. ފުރިހަމަކޮށްފައިވާ ފޯމާއެކު ތިރީގައިވާ ތަކެތި ހުށަހަޅަންވާނެއެވެ.

  1. ތަމްރީނުގައި ބައިވެރިވުމަށް ހުށަހަޅާ ފަރާތުގެ ވަނަވަރާއި، މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  2. 31 އޭޕްރިލް 2015 އަށް މުއްދަތު ހަމަނުވާ ޕާސްޕޯޓުގެ ކޮޕީ.

މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުން އިންޑިއާގައި ހުރުމާއި ކެއުމުގެ އިންތިޒާމު، ޓިކެޓު، އަދި ރަސްމީ ދަތުރާއިގުޅުންހުރި އެހެނިހެން ކަންތައްތަކަށް ޚަރަދުކުރާނީ "ސަބާ" ޕްރޮޖެކްޓުންނެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުގެ ތެރެއިން، ބައިވެރިން ކަނޑައެޅުމުގައި ތިރީގައިވާކަންކަމަށް ރިޢާޔަތްކުރެވޭނެއެވެ.

  • ސަބާ މޯލްޑިވްސް ގެ މެމްބަރެއްގެގޮތުގައި 29 ސެޕްޓެންބަރު 2014 ގެ ކުރިން ރަޖިސްޓްރީ ވެފައި ވުން
  • ތަމްރީން ހާސިލުކޮށް އެނބުރިއައުމަށްފަހު ޓްރޭޑް ފެސިލިޓޭޝަން ސެންޓަރ ނުވަތަ ކޮމިއުނިޓީ ފެސިލިޓޭޝަން ސެންޓަރގައި މަސައްކަތްކުރުން
  • ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތެއްގެ ވިޔަފާރިއެއްގައި، މަހު މުސާރަ ލިބޭ ވަޒީފާއެއްގައި އުޅޭ ފަރާތެއްކަމުގައި ނުވުން.
  • ދަތުރުގައި ބައިވެރިވާ ފަރާތަކީ މީހުންނާ ގުޅިގެން މަސައްކަތްކުރެވޭ، ހިންގުންތެރި މީހަކަށް ވާންވާނެއެވެ. އަދި އިސްނަގަންކެރޭ، ލީޑަރޝިޕް ސްކިލްސް ހުންނަ އުފެއްދުންތެރި، ކުރިމަގަށް ވިސްނާ އަދި އައު ގޮތްގޮތަށް ކަންކަން ކުރުމަށް ޝައުޤުވެރިވާ މީހަކަށް ވާންޖެހޭނެއެވެ.
  • ތަމްރީން ހާސިލުކޮށް އެނބުރިއައުމަށްފަހު އެހެން މީހުންނަށް އެ ހުނަރު ދަސްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތަކަށްވުން.
  • ތަމްރީނު ހޯދުމަށް އެދި ހުށަހަޅާ ދާއިރާގައި ނުވަތަ ގުޅުން ހުރި ދާއިރާއެއްގައި ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ތަމްރީނު ޕްރޮގްރާމަށް ލިބިފައިވާ 15 ފުރުސަތު ދޫކުރުމަށް ހަމަޖެހިފައިވާގޮތް:

  • ސަބާ ޕްރޮޖެކްޓްގެ  މެމްބަރުންގެ ތެރެއިން މަތީގައި ކަންކަންފުރިހަމަވާ ފަރާތްތަކުގެ ތެރެއިން،
  • ކ.މާލެ، 3 ފުރުސަތު
  • ސ.ހިތަދޫ، 3 ފުރުސަތު
  • ގދ.ގައްދޫ، 3 ފުރުސަތު
  • ޏ.ފުވައްމުލައް، 2 ފުރުސަތު
  • ލ.ގަން، 2 ފުރުސަތު
  • ބ.ތުޅާދޫ، 2 ފުރުސަތު

މަތީގައި ބަޔާންކޮށްފައިވާ ސަރަހައްދުތަކުން ކަނޑައަޅާފައިވާ އަދަދަށް އެޕްލިކޭޝަން ހުށަހަޅާފައިނުވާނަމަ، އެހެނިހެން ސަރަހައްދުތަކުން އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކަށް ފުރުސަތު ދެވޭނެއެވެ. 

އިތުރު މަޢުލޫމާތު:ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެދުނު ، 8:30 އިން 15:30 އާ ދެމެދު 3003018/3003019 ނަންބަރު ފޯނާ ގުޅުއްވުމުންނާއި [email protected] އީމެއިލް ކުރެއްވުމުން ލިބޭނެއެވެ.

އެޕްލިކޭޝަން ހުށަހެޅުން : 15 އޮކްޓޫބަރު 2014  ވަނަ ދުވަހުގެ 14:30ގެ ކުރިން އެޕްލިކޭޝަން ފޯމު މި އޮފީހަށް ހުށަހެޅުއްވުން ނުވަތަ [email protected] އީމެއިލް އެޑްރެހަށް ފޮނުއްވުން އެދެމެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށް އިޢްލާނުކުރީމެވެ.

5  ޛުލްޙިއްޖާ 1435

 

30 ސެޕްޓެންބަރު 2014