ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)335-AS/335/2022/105
ޕަބްލިޝްކުރި ތާރީޚް: 24 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 12:23
ސުންގަޑި: 31 ޖުލައި 2022 14:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިވާޒާތުގެ ކުނި އުކާލުމުގެ މަސައްކަތުގެ އިވެލުއޭޝަން އާންމުކުރުން

        މި އިދާރާގެ ނަންބަރު (IUL)335-AS/335/2022/92  ( 19 ޖޫން 2022 ) ކުނިވާޒާތުގެ ކުނި އުކާލުމުގެ މަސައްކަތަށް ކުރެވުނު އިޢުލާނާއި ގުޅިގެން ބިޑް ހުށަހަޅާފައިވަނީ 1 ފަރާތްތަކުންނެވެ. ތިރީގައި ދެންނެވިފައިވާ ފަރާތާއި ހަވާލުކޮށްގެން މި މަސައްކަތް ކުރިއަށް ގެންދިއުމަށް މި ކައުންސިލްގެ  ބިޑް ކޮމެޓީ 2022 ވަނަ އަހަރުގެ 1 ވަނަ ޖަލްސާއިން ނިންމާފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

މި އިޢުލާންކުރާ ތާރީހުން ފެށިގެން ސްޓޭންޑް- ސްޓިލް މުއްދަތު ގުނަން ފެށޭނެއެވެ. މި ސްޓޭންޑް- ސްޓިލް މުއްދަތު ތެރޭގައި،

  • ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލަށް އެދެވިދާނެއެވެ. އަދި،
  • މި ބީލަން، އެހެން ފަރާތާކާއި ޙަވާލުކުރުމާމެދު އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، ޝަކުވާ ހުށަހެޅޭނެއެވެ.

މަތީގައި ދެންނެވުނު ކަންތައްތައް ކުރިއަށް ގެންދަންވާނީ ދައުލަތުގެ މާލިއްޔަތުގެ ޤަވައިދުގެ 10.53 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 5 (ހަތެއް) ދުވަހުގެ ތެރޭގައެވެ.

 1.     ބީލަން ޙަވާލު ކުރަން ނިންމާފައިވާ ފަރާތް:-

ކުންފުނީގެ ނަން:-

މުފާ ޕްރޮޑަކްޝަން

ލިބުނު ޕޮއިންޓް:

90.00

     ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލް ނުވަތަ ބީލަމާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީޚަކީ 31 ޖުލައި 2022  ވަނަ ދުވަހުގެ 14:00 އެވެ. މި ތާރީޚްގައި ސްޓޭންޑް-ސްޓިލް މުއްދަތު ހަމަވާނެއެވެ. ޝަކުވާ ނުވަތަ އިވެލުއޭޝަންގެ ތަފްސީލް ހޯދުމަށް އެދޭއިރު، މަސައްކަތުގެ ނަން، ބީލަންވެރިޔާގެ ނަން، ގުޅޭނެ ފޯނު ނަންބަރު އެނގޭނެހެން ތިރީގައިވާ އީ.މެއިލްއަށް، ހުށަހަޅަންވާނެއެވެ.

އީ.މެއިލް :[email protected]                                  ފޯން ނަންބަރު :- 6642024 

                                  24 ޖުލައި 2022

24 ޖުލައި 2022