ދިވެހިރާއްޖެ
އިންޓަނޭޝަނަލް ސެންޓަރ ފޮރ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (އިންސެފް)އާ ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ކޮލެޖް އޮފް އިސްލާމިކް ސްޓަޑީސް ގުޅިގެން، ޖަނަވަރީ 2015 ގައި ފެށުމަށް ހަމަޖެހިފައިވާ މާސްޓަރޒް ޕްރޮގްރާމަށް އެޕްލިކޭޝަން އަދި ސްކޮލަރޝިޕަށް ނަން ހުށަހެޅުމުގެ ފުރުސަތު 25ނޮވެންްްްްްްްްްބަރު 2014 ގެ މެންދުރު 14:00 ގެ ނިޔަލަށް ހުޅުވާލައިފީމެވެ.
ކޯހުގެ ނަން: މާސްޓަރޒް އިން އިސްލާމިކް ފައިނޭންސް ޕްރެކްޓިސް (އެމް.އައި.އެފް.ޕީ)
ޖާގަ: 30 ކުދިން
އިންޓޭކް: ޖަނަވަރީ 2015
ކިޔަވައިދޭ މަރުކަޒު: ކޮލެޖް އޮފް އިސްލާމިކް ސްޓަޑީސް (ސީ.އައި.އެސް)
މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
ތަން: ކޮލެޖް އޮފް އިސްލާމިކް ސްޓަޑީސް (ކުއްލިއްޔާ) ވައިލެޓް މަގު، ހެންވޭރު
ގަޑި: ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް.
މި ޕްރޮގްރާމާ ގުޅޭ އިތުރު މައުލުމާތު ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ވެބް ސައިޓް www.cmda.gov.mv/education-and-training/mifp/ އާއި އޮތޯރިޓީގެ ފޭސްބުކް ޕޭޖް https://www.facebook.com/Capital.Market.Development.Authority އަދި މިއޮތޯރިޓީގެ ނަންބަރު 3014112 ފޯނަށް ގުޅުއްވުމުން ލިބެން ހުންނާނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ.